ފެބްރުއަރީ 28 ވަނަ ދުވަހު ސޮލީބީ އެމެރިކާއާއި ސަހުޔޫނީ ޔަހޫދީން ފެށި ހަނގުރާމައިގައި އީރާންގެ ޔުނިވާސިޓީތަކަށާއި ސައިންޓިފިކް ރިސާޗް މަރުކަޒުތަކަށް ހަމަލަ ދިނުން ވަނީ އާންމު ކަމަކަށް ހަދާފައެވެ.
އީރާނުގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ބުނާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެ ގައުމުގެ 30 ޔުނިވާސިޓީއަކަށް ސޮލީބީންނާއި ސަހުޔޫނީން ބޮން އަޅާފައި ވެއެވެ.
މި ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ދީފައިވާ އެއް ތަނަކީ އީރާނުގެ އެންމެ ކުރިއަރާފައިވާ ސައިންޓިފިކް ޔުނިވާސިޓީ ކަމަށްވާ ތެހެރާންގެ ޝަރީފް ޔުނިވާސިޓީއަށެވެ. މިއީ އެމެރިކާގެ މަޝްހޫރު އެމް.އައި.ޓީ އާ އަޅާކިޔޭ ފެންވަރުގެ ޔުނިވާސިޓީ އެކެވެ. މި ޔުނިވާސިޓީގެ ލެބޯޓްރީތަކާއި މިސްކިތަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ޝަރީފް ސަރަހައްދުގައި ހުރި ގޭސް ފެސިލިޓީތަކާއި، މަގުތަކާއި، ބްރިޖުތަކާއި އިންޖީނުގެތަކަށް ވެސް ވަނީ ބޮންއަޅައި ހަލާކުކޮށްލާފައެވެ.
އީރާނަކީ އަރަބިންނާ ޚިލާފަށް އިލްމާއި ތައުލީމާއި އުނގެނުމަށް ހިތްވަރު ދޭ ޤައުމެކެވެ. އަދި ގިނައިން ފޮތް ކިޔައި ދުނިޔޭގެ ހުރިހައި ތަނެއްގައި ޝާއިއުކުރާ އިލްމީ ފޮތްތައް ނިޒާމީ ސިފައެއްގައި ތަރުޖަމާކޮށް ޝާއިއުކުރާ ޤައުމެކެވެ.
-
އީރާނަކީ ދުނިޔޭގެ ނިސްބަތުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން 14 ވަނައިގައި ގުނާލެވޭ ގައުމެކެވެ.
-
ނޭނޯޓެކްނޮލޮޖީގައި އީރާނަކީ ދުނިޔޭގެ 5 ވަނަ އެވެ.
-
އާޓިފޝަަލް އިންޓެލިޖެންސްގައި 5 ވަނަ މަގާމުގައި އީރާން ހިމެނެއެވެ.
-
އީރާނަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ސައިންޓިފިކް ރިސާޗް ޕޭޕަރުތައް ތައްޔާރު ކުރާ ޤައުމެވެ.
-
ބައޯ ޓެކްނޮލޮޖީގައި އީރާނަކީ ދުނިޔޭގައި 4 ވަނަ އެވެ.
-
އަދި ދަރިން ނުލިބޭ ފަރުވާ ދިނުމުގައި ދުނިޔޭގެ 4 ވަނަ އެވެ.
އީރާނަކީ ވަކިން ހާއްސަކޮށް ނެނޯޓެކްނޮލޮޖީ، ބަޔޯޓެކްނޮލޮޖީ، އިންޖިނިއަރިން، ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 10 ނުވަތަ 12 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުގެ ޔުނިވާސިޓީތަކުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތަކާއި ދިރާސާތައް ކުރަމުންނެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި، ތައުލީމީ މަރުކަޒުތަކަށް އަމާޒުކޮށް މިދެވޭ ހަމަލާތަކަކީ އީރާނުގެ ސައިންޓިފިކް ކުރިއެރުން ހުއްޓުވުމަށް ދެވޭ ހަމަލާތަކެކެވެ.
އީރާނުގެ މި ހުރިހައި ކާމިޔާބީއަކީ އާޔަތުﷲ ޢަލީ ޚާމަނާއީގެ ދައުރުގައި އީރާން ބިނާކުރުމަށް ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެވެ. އޭނާއަކީ ޒަމާނީ އީރާނުގެ ބާނީއެވެ.



