އީރާނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ޔަހޫދީންގެ ހަތަރު ސިފައިން ހައްޔަރުކޮށްފި

އީރާނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ޔަހޫދީ ޖެނޮސައިޑް ފޯސްގައި ހިމެނޭ ހަތަރު ސިފައިން ހައްޔަރުކޮށް، ސަލާމަތީ ގޮތުން ނާޒުކު މައްސަލައެއް ތަހުގީގު ކުރަން ފަށައިފި ކަމަށް ޔަހޫދީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްރާއީލު ސިފައިންގެ އެކި ޔުނިޓުތަކަށް ނިސްބަތްވާ ހަތަރު ސިފައިންނެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ  ޝަބާކް އާއި މިލިޓަރީ ޕޮލިސް ގުޅިގެންނެވެ. މައްސަލައިގެ ނާޒުކުކަމުން، މިކަމާ ގުޅޭ ގިނަ ތަފްސީލުތައް ހާމަކުރުން ވަނީ މަނާކޮށްފައެވެ. އަދި ހައްޔަރުކުރެވުނު ބައެއް ސިފައިންނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ދީފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ހާމަވެފައިވާ ގޮތުގައި، މި ސިފައިން ބޭރުގެ ފަރާތްތަކާ މުއާމަލާތް ކުރި ގޮތެއް ނުވަތަ ފޯރުކޮށްދިން މައުލޫމާތެއްގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ބަލަން ފަށާފައެވެ.

މި ހާދިސާ ފެންމަތިވެފައިވަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިިގެ ދުވަސްވަރު، އީރާނުން އިސްރާއީލުގެ ސަލާމަތީ ނިޒާމުގެ ތެރެއަށް ވަދެގަނެ، ޖާސޫސީ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޔަހޫދީ ރެޖީމުން ބުނަމުން ދަނިކޮށެވެ.

ޖެނޮސައިޑް ރެޖީމްގެ މަސްދަރުތަކުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މި ތަހުގީގު އިތުރަށް ފުޅާވެގެން ގޮސް އިތުރު ބަޔަކުވެސް ހައްޔަރު ކުރާނެއެވެ.

ހިއްސާ ކުރައްވާ!