ޓްރަމްޕްގެ ނުހޮރޮއްޕާނުން އީރާނަކަށް ސަލާމަތެއް ނެތެވެ.
އެޕްޓީން ގޭންްގެ ބޮޑު މީހާ އީރާނަށް އެންމެ ފަހުން ދީފައިވާ އިންޒާރުގައި ވަނީ އީރާންގެ ހަޟާރާ މިރޭ ވުޖޫދުން ފޮހެލާނެ ކަމަށެވެ.
މއީ ދުނިޔެގެ އެންމެ ބޮޑު ބާރު އީރާނާ ހަނގުރާމަ ކުރުމުން އީރާން އަތުން ބަލިވުމުން ދުނިޔެއިން މޮޔަވެގެން ދެމުންދާ އިންޒާރެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާގެ މޮޔަ ރައީސް ދީފައިވާ އިންޒާރާ އެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް މިހިނދުން ފެށިގެން އީރާނުން އެމެރިކާއާއެކު ކުރިއަށް ނުގެންދާނެ ކަމަށެވެ.
އެމެރިކާ ކޮންގްރސް މެމްބަރު އަލްހާން އުމަރު ބުނަނީ މިއީ ދުނިޔެއިން މޮޔަވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ ކެބިނެޓްގެ މީހުން އޭނާ މަގާމުން ދުރުކުރަން ވެއްޖެ ކަމަށެވެ.







