މަޑަގަސްކަރައިގެ ހަކަތައިގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން، އެ ގައުމުގެ ސަރުކާރުން މުޅި ގައުމުގައި 15 ދުވަހުގެ މުއްދަތަށް ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ގައުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހަކަތައިގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.
މަޑަގަސްކަރައަކީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ހަކަތައިގެ ކުއްލި ފިޔަވަޅުތައް އެޅި އެންމެ ފަހުގެ ގައުމެވެ. ޓްރަމްޕްގެ ނުހޮރޮއްޕާނުންދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށާއި ސަޕްލައިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މި ހާލަތުން އަރައިގަތުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ. މަޑަގަސްކަރައިގެ މި ނިންމުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމަށް ކުރާ އަސަރު ހާމަކޮށްދޭ ކަމެކެވެ.
