PressTV
PressTV

ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓުވި އެންމެ ފަހުގެ 90 މިނެޓު

އެމެރިކާއާއި އީރާނާ ދެމެދު ބިރުވެރި ހަނގުރާމައެއް ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އެންމެ ފަހު ވަގުތު ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކަކުން މަސްރަހު ފިނިކޮށްފިއެވެ. އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ރައީސް ސޮލީބީ ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ސުންގަޑީގެ 90 މިނެޓު ކުރިން، އެމެރިކާ ގަޑިން އިރުއޮއްސި 6:32 ގައި، ދެ ހަފުތާގެ ސުލްހައިގެ މުއްދަތެއް ޓްރަމްޕް އިޢުލާނު ކުރެއްވިއެވެ. މިކަން އިއލާން ކުރެއްވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ މުޝީރު އާސިމް މުނީރާ ދެމެދު ކޮށްފައިވާ މަޝްވަރާތަކަށްް ޓްރަމްޕް މީސްމީޑިއާގައި އިޝާރާތް ކުރެއްވިއެވެ.

އެމެރިކާއިން އީރާންގެ ޙަޟާރާ ފުނޑާލާނެ ކަމަށް ބުނެ ދިން އިންޒާރުގައި އެދުވަހުގެ ހެނދުނު، ޓްރަމްޕް ވަނީ "މިރޭ މުޅި ފާރިސީ ހަޟާރާތެއް ނެތިގެންދާނެ" ކަމަށް ވިދާޅުވެ 'ޓްރޫތް ސޯޝަލް' ގައި ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެމެރިކާއިން އޮތީ އީރާނުގެ ފާލަންތަކާއި، އިންޖީނުގެތަކާއި، ފެނުގެ ނިޒާމުތަކަށް ހަމަލާދޭނެ ތަންތަނުގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. އޭގެ ކުރިން އެމެރިކާއިން ވަނީ އީރާންގެ ޔުނިވާސިޓީތަކާއި ރިސާޗް ސެންޓަރތަކާއި ލައިބްރަރީތަކަށް ބޮން އަޅައި ހަނގުރާމައިގެ ޖަރީމާ ހިންގާފައެވެ. ހަމަލަތައް ނިންމި ކަން އިއުލާން ކުރުމުގެ ކުރީގެ ގަޑިތަކުގައި ޔަހޫދީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން އީރާނުގެ ރޭލު ދަތުރުފަތުރާއި ފާލަންތަކަށް ހަމަލާދެމުން ދިޔައިރު، އެމެރިކާއިން ދިޔައީ ޚާރްގް ޖަޒީރާއަށް ހަމަލާދެމުންނެވެ.

އީރާނުގެ ސަރުކާރުން ވަނީ ރައްޔިތުން ނުކުމެ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ. އެއަށްފަހު އިންޖީނުގެތަކުގެ ވަށައިގެން ރައްޔިތުން އިންސާނީ ސިލްސިލާއެއްގައި ފާރުތައް ހަދަމުން ދިޔައެވެ. އަދި، އެ މަންޒަރުތައް ދައުލަތުގެ މީޑިއާއިން ވަގުތުން ދައްކަމުން ދިޔައީ، ކުރިމަތިވެދާނެ ހަމަލާއެއްގައި ޝަހީދުވުމަށް ރައްޔިތުން ތައްޔާރަށް ތިބިކަން އަންގަމުންނެވެ.

އެއާއެކު ދުނިޔެެއިން ދިޔައީ އެމެރިކާއަށް ޓްރަމްޕްގެ ސޮލީބީ އިންޒާރު ކުރިއަށް ނުގެންދިއުމަށް ބާރުއަޅައި ޓްރަމްޕް ކުށްވެރި ކުރަމުންނެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމްގައި ޓީވީގައި އުޅާފާޅުކުރަމުން ކައުންޓުޑައުން ބާއްވަމުން ގެންދިޔައެވެ.

އެމެރިކާއަށް ހަތިޔާބު ބަހައްޓަން މަޖުބޫރު ވެފައި ވަނީ އީރާންގެ ބޯ ހަރުކަމެވެ. އީރާނުން ވަނީ ތަކުރާރުކޮށް އެމެރިކާއަށް ދީލާނުލާނެ ކަމާއި އެމެރިކާއަށް އިތުބާރު ނެތް ކަމަށް ބުނަމުންނެވެ. އަދި އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން އިންކާރު ކުރިއެވެ.

ފަހުން އީރާނުން ވަނީ އަމިއްލަ 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

ޓރަމްޕް ސަރުކާރުން ފުރަތަމަ މި ހުށަހެޅުން ބަލައެއް ނުގަތެވެ. އެ ހުށަހެޅުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކުރުމާއި، އެމެރިކާ ސިފައިން ގަލްފުން ބޭލުމަށް ބޭލުމަށް އެދިފައިވާތީ އެކަން ބަލައި ގަތުމަށް އެމެރިކާއަށް ބަލި ގަބޫލުކުރުން ކަމަށް ވިސްނުނެވެ. ނަމަވެސް، އީރާންގެ ހުށަހެޅުމުގައި އޮތް އެއް ކަމަކަށް އެމެރިކާއިން ސަމާލުކަން ދިނެވެ. އެއީ ހުރުމުޒު ކަނޑު އޮޅިން އިން އަމާންކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އީރާނުން އެއްބަސްވުމެވެ.

މި ދަނޑިވަޅުގައި، ޕާކިސްތާނު ފެނިގެންދިޔައީ ހައިރާންކުރުވަނިވި މެދުވެރިއެއްގެ ގޮތުގައެވެ. ޝަރީފް ވަނީ ދެ ހަފުތާގެ ސުލްހައަކަށް އާންމުކޮށް ގޮވާލައްވައި، ދެ ފަރާތުންވެސް ދޫދިނުމަށް އެދިވަޑައިގެންފައެވެ. އެއީ ޓްރަމްޕްގެ ސުންގަޑި އިތުރުކުރުމާއި، އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމެވެ.

ވައިޓް ހައުސްއިން މި ހުށަހެޅުން ގަބޫލުކުރުމުން، ދެ ފަރާތަށްވެސް ބަލި ގަބޫލުކުރިކަމަށް ނުބެލެވޭނެ ފަދަ ސިޔާސީ ފުރުސަތެއް ލިބިގެންދިޔައެވެ.

ޓްރަމްޕްގެ އެމެރިކާ ގަޑިން 6:32 ގެ ޕޯސްޓުގައި "ދެފަރާތުން އެއްބަސްވާ ސުލްހައެއް" އޮތްކަމަށް އިޢުލާނުކުރެއްވިއެވެ. މިއީ އީރާނުން ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްބަސްވުމާ ގުޅިފައިވާ ނިންމުމެކެވެ. އީރާނުގެ 10 ނުކުތާގެ ޕްލޭނަކީ މަޝްވަރާކުރެވިދާނެ "އަސާސެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. މާނައަކީ އީރާނަށް ލިބިގެން ދިޔަ ކާމިޔާބީއެކެވެ!

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިކަމަށް ވަގުތުން ރައްދު ދެއްވިއެވެ. އަދި އެމެރިކާގެ ހަމަލާތައް ހުއްޓާލައިފިނަމަ އީރާނުގެ އަސްކަރީ ހަރަކާތްތައް ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ. ދެ ހަފުތާގެ މުއްދަތަށް ހުރުމުޒް ކަނޑުއޮޅިން އަމާންކަމާއެކު ދަތުރުކުރެވޭނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ދެ ގައުމުންވެސް މި ނިންމުމަކީ އެ ގައުމުތަކުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރިއެވެ.

މި އިއުލާނާއެކު ވަގުތުން ދުނިޔޭގެ ބާޒާރުތަކަށް މިކަމުގެ އަސަރު ވަގުތުން ކުރިއެވެ:

  • – އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު 9 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ދިޔައެވެ.
  • –ހިއްސާގެ ބާޒާރުތަކަށް އެނގުން ވިއެވެ.

ހަފުތާތަކެއްގެ ނުތަނަވަސްކަމަށްފަހު މުޅި ދުނިޔެއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

ސުލްހައިގެ ވާހަކަ އިޢުލާނުކުރި ފަހުންވެސް ކުޑަވަގުތުކޮޅަކަށް މިސައިލް ހަމަލާތައް ކުރިއަށްދިޔައެވެ.

ބެލެވޭ ގޮތުގައި މިއީ އީރާނުގެ އިންގިލާބީ ސިފައިންނަކީ އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް މިނިވަންކަމާއެކު އޮޕަރޭޓް ކުރާ ބަޔަކަށް ވުމުން އެމީހުންގެ މެދުގައި މުއާސަލާތީ ލަސްތަކެއް އުޅުމުން ދިމާވި ކަމެކެވެ.

އިސްރާއީލުން ވެސް ހަމަލަ ދިނެވެ. ނަމަވެސް ކުޑަވަގުތުކޮޅެއް ފަހުން ނުރުހުމާއެކުވެސް މި ސުލްހަ ގަބޫލުކުރިއެވެ.

އޭޕްރިލް 10 ވާ ހުކުރު ދުވަހު އިތުރު މަޝްވަރާތަކަށް ޕާކިސްތާނުން ވަނީ ދެ ގައުމުގެ ވަފުދުތަކަށް އިސްލާމްއާބާދަށް އައުމަށް ދައުވަތު ދީފައެވެ. މި މަޝްވަރާތަކަށް މިހާރު ކިޔަނީ "އިސްލާމްއާބާދު ޓޯކްސް" އެވެ.

އީރާނުގެ އިންޖީނުގެތަކުގެ ވަށައިގެން ތިބި މީހުން، ބޮން އަޅާ ބޯޓުތައް ނާންނާނެކަމުގެ ޚަބަރު ލިބުމާއެކު މަޑުމަޑުން އެ ސަރަހައްދުތަކުން ދާން ފެށިއެވެ. މިވަގުތަށް، ހަނގުރާމައިގެ ޖަރީމާއަކުން ޓްރަމްޕް ސަލާމަތްވިއެވެ.

ހިއްސާ ކުރައްވާ!