ޔަހޫދީ މީޑިއާއިން ބުނަނީ ލަދު ހުރު ގޮތަކަށް ދެ އަދުއްވުންނަށް ހަތިޔާރު ބަހައްޓަން ޖެހުނީކަމަށް!

އިބްރާނީ ނޫހެއް ކަމަށްވާ "މައާރީވް" އިން ސިފަކުރި ގޮތުގައި، އިސްރާއީލާއި އެމެރިކާ މި ހަނގުރާމައިން ބޭރުވީ ޖުމްލަގޮތެއްގައި "ސްޓްރެޓީޖިކް ބައްޔެއްގައި ބަލިވި ކަމަށް އެއްބަސްވެގެން" ކަމަށް ބެލެވޭ އެއްބަސްވުމަކާއެކުގައެވެ.

އެ ނޫހުން ބުނި ގޮތުގައި، 41 ދުވަހުގެ ހަނގުރާމައަށްފަހު އަދި އިސްރާއީލުގެ 5,000 އިމާރާތް ސުންނާފަތިވުމަށްފަހު، ހަނގުރާމަ ނިމިގެންދިޔައީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއަކާއެކުގައެވެ. އަދި ވަރަށް އަވަހަށް ހިޒްބުﷲ ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް މައާރީވްގައި ބުނެފައި ވެއެވެ.

އެ ނޫހުން އިތުރަށް ބުނީ: މި ކުރިމަތިލުމުން ކާމިޔާބީއާއެކު ނުކުތް ހަމައެކަނި ފަރާތަކީ އީރާނާއި އީރާންގެ ބައިވެރިން ކަމަށް ފެންނަން އޮތް ކަމަށެވެ.

މައާރީވް އިން ދެކޭގޮތުގައި، އިސްރާއީލާއި އެމެރިކާ އިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވި އުންސުރުތައް ހިމެނޭ އެއްބަސްވުމެއް ހޯދުމަށް އީރާން ވަނީ ކާމިޔާބު ހޯދާފައެވެ.

އަދި އެ ނޫހުން ބުނި ގޮތުގައި: އެމެރިކާއާއި އިސްރާއީލުން ވަނީ ހަނގުރާމައިގެ ގިނަ މަގްސަދުތައް ހާސިލު ނުކުރެވި ދޫކޮށްލާފައެވެ. އަދި ސަރަހައްދީ އާ ހަގީގަތެއް އީރާނުން ވަނީ އުފަން ކޮށްދީފައެވެ. ޓްރަމްޕާއި ނަތަންޔާހޫ ވަޢުދުވި ފަދައިން އީރާނުގެ ވެެރިކަން ވައްޓާލެވިފައެއް ނުވެއެވެ.

ނޫހުގައިވާ ގޮތުން، ހަނގުރާމައިގެ މަގްސަދުތަކާއި ހާސިލުވި ނަތީޖާއާ އަޅާކިޔާއިރު، އީރާނުގެ ވެރިން ނުކުތީ ކުރިހޯދައިގެން ކާމިޔާބު ހާސިލު ކުރި ފަރާތުގެ ގޮތުގައެވެ. އެއީ ހަނގުރާމައިގެ ކުރިންވެސް ހުޅުވިފައި އޮތް ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވައި އަލުން ހުޅުމުގެ ބާރު އީރާނަށް ލިބޭ މިންވަރަށް ހަނގުރާމައިގެ މަގްސަދުތައް ހާސިލު ނުވެ ދިއުމަށްފަހު އެވެ.

އެ ނޫހުން އިތުރަށް ބުނީ: އެމެރިކާއިން އެވަރަށް އަޑުގަދަ ކުރިއިރުވެސް އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ހަވާލެއް ނުކުރެއެވެ. އަދި އީރާނުން ހުށަހެޅި އެއްބަސްވުމުގައި ވަނީ މަދަނީ ނިއުކްލިއާ މަޝްރޫއެއް ކުރިއަށްދާނެ ކަމަށާއި، މުސްތަގުބަލުގައި އޭގެ މިންވަރު މަދުކުރުމާ މެދު މަޝްވަރާކުރާށެވެ.

މީގެ އިތުރުން އީރާނުގެ މިސައިލާއި ޑްރޯންގެ ސްޓޮކް އޮތީ ގާތްގަނޑަކަށް ކުރިންވެސް އޮތް މިންވަރަށެވެ. އަދި ޓްރަމްޕް ބުނި ގޮތާ ޚިލާފަށް އީރާންގެ އިންޖީނުގެތައްވެސް ދަނީ ހިނގަމުންނެވެ. މައާރީފްއިން ބުނީ ކުރުކޮށް ބުނާނަމަ، ވޮޝިންޓަނުން ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، ދެން އީރާނަށް އައީ ކުރިއަށް ވުރެން ހަރުކަށި ލީޑަޝިޕެކެވެ.

ހިއްސާ ކުރައްވާ!