އީރާނުގެ މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާ މީޑިއާއިން ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާއެކު ކުރިއަށްދާނެ މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ބައެއް މީޑިއާއިން ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ނިއުޔޯކް ޓައިމްސް އާއި ސީ.އެން.އެން އިން އީރާނުގެ މަޝްވަރާތަކާ ގުޅޭގޮތުން ޝާއިޢުކުރި "ދިހަ ނުކުތާގެ ޕްލޭން" އަށް ރައްދު ދެއްވަމުންނެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ދެ މީޑިއާއިން އާންމުކޮށްފައިވާ މަޢުލޫމާތަކީ އެއްވެސް އަސާސެއް ނެތް، މުޅިން އޮޅުވާލާފައިވާ ވާހަކަތަކެކެވެ. އަދި މިފަދަ ޚަބަރުތައް ފެތުރުމުގެ ބޭނުމަކީ ސުލްހައިގެ މަރުހަލާގައި ބައިވެރިވާ ފަރާތްތަކުގެ އަގުވައްޓާލުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

މި މައްސަލައިގެ ތެރެއިން، އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެ ފަދަ ނުރައްކާތަކެއް ހުރިކަމަށާއި ޔަހޫދީން ހަމަލަަތއް ހުއްޓާލުމާ ދެކޮޅަށް މ،،ަސައްކަތް ކުރާކަމުގެ މަޢުލޫމާތު ރައީސް ޓްރަމްޕަށް އަރުވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މަޝްވަރާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް މިހާރު ހުންނެވީ ސަމާލުވެވަޑައިގެން ކަމަށެވެ.

މީގެ އިތުރުން، ސަރަހައްދީ މަސްރަހާ ގުޅޭގޮތުން ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުރުމުޒު ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ މުދާ އުފުލާ އުޅަނދުތައް ވަނީ ތާށިވެފައެވެ. މީގެ ތެރޭގައި ތެޔޮ އުފުލާ 426 ޓޭންކަރާއި، ގޭސް އުފުލާ 53 އުޅަނދު ހިމެނޭ ކަމަށް މިއަދުގެ މަލާހީ ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯލްސްޓްރީޓް ޖާނަލްއިން ބުނިގޮތުގައި އިއްޔެ ހުރުމުޒު ހުރަސްކުރީ އެންމެ 4 އުޅަނދެވެ.

ސީއެންއިން ދެންމެ ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ދެ އުޅަނދެއް މި ވަގުތު ދަނީ ހުރުމުޒުން ނިކުތުމަށް މިސްރާބު ޖަހަމުންނެވެ.

އީރާނުން ބުނެފައި ވަނީ ކަނޑު އޮޅި ހުރަސް ކުރަން ފީ ދައްކާ ފަރާތްތަކަށް ބޭރުވުމަށް ހުއްދަ ދޭ ކަމަށެވެ.

ހިއްސާ ކުރައްވާ!