އިންޑިއާގެ އީކޮމާސް ސިނާއަތް 2030 ވަނަ އަހަރާ ހަމައަށް 250 ބިލިއަން ޑޮލަރަށް ކުރިއަރާނެ

ގޫގަލް އާއި ޑެލޮއިޓް ގުޅިގެން ހެދި އާ ދިރާސާއަކުން ދައްކާގޮތުގައި، އިންޑިއާގެ އީ-ކޮމާސް ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. އެގޮތުން، 2030 ވަނަ އަހަރާ ހަމައަށް މި ސިނާއަތުގެ މިންވަރު ތިން ގުނަ އިތުރުވެ 250 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކަކީ އަލަށް އޮންލައިންކޮށް ވިޔަފާރިކުރަން ފެށި 150 މިލިއަން މީހުންނާއި، ޑިޖިޓަލްކޮށް މީހަކު ހޭދަކުރާ މިންވަރު އިތުރުވުމާއި، އަދި އޮންލައިން ޚަރަދުތަކުގެ 45 އިންސައްތަ ހިއްސާކުރާނެ ކަމަށް ބެލެވޭ 'ޖެންޒީގެ ނުފޫޒު ގަދަވުމެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮންލައިން ވިޔަފާރީގެ ސިނާއަތް ބަދަލުކޮށްލާނެ ހަތަރު ބާރަކީ: އައު ޚިޔާލުތަކުން ހިތްވަރު ލިބިގަތުމާއި ތޫނުފިލިކަމާއި ވަގުތުން ވިޔަފާރި ކުރެވޭ ގޮތް ވުމާއި އުފެއދުންތައް ތަޖުރިބާކޮށްލުމަށް ލިބުމެވެ.

އަދި އޭއައި  ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކާއި، މީހުން ބޭނުންވާ ތަކެތި ދެނެގަނެގެން ތަކެތި ދެއްކުމާއި، އަދި އަވަހަށް މުދާ ފޯރުކޮށްދިނުމަކީ އިންޑިއާގެ ޑިޖިޓަލް ރީޓެއިލްގެ ކުރިމަގު ބައްޓަންކުރާނެ ކަންކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!