އީރާނާ ބެހޭގޮތުން ސޮލީބީ ޓްރަމްޕް، "މިރޭ މުޅި ހަޟާރާތެއް ނެތިގެންދާނެ" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްވި އިންޒާރަށް އެކްޓަރު ޖޯޖް ކްލޫނީ ފާޑުކިޔައިފިއެވެ. ކްލޫނީ ބުނި ގޮތުގައި އެފަދަ ބަޔާނެއް ދިނުމަކީ "ހަނގުރާމައިގެ ކުށެއް" ކަމަށާއި، ލީޑަރުންވެސް ހުރަސްކޮށްގެން ނުވާނެ "އާންމު އަދަބުވެރިކަމުގެ ރޮނގެއް" އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރަންޖެހޭނެއެވެ.
ކްލޫނީ މި މޭރުމުން ވާހަކަދެއްކީ އިޓަލީގައި ދަރިވަރުންނާ މުހާތަބުކުރަމުންނެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ނޭޓޯއާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ އިއްތިހާދު ރޫޅާލުމަކީ ދުނިޔޭގެ ހަމަޖެހުމަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެފައެވެ.
ވައިޓް ހައުސްއިން މިކަމަށް ވަރުގަދަ ރައްދެއް ދީފައި ވެއެވެ. ޓްރަމްޕްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ވަނީ ކްލޫނީގެ އެކްޓިން ކެރިއަރަށް މަލާމާތްކޮށްފައެވެ. މިއީ އާދައިގެމަތިން ޓްރަމްޕްވެސް ކަން ކުރާ ގޮތެވެ.
އަދި ފަހުން ޓްރަމްޕް އަމިއްލަފުޅަށް 'ޓްރުތް ސޯޝަލް' ގައި ކްލޫނީއަށް ހަމަލާދެއްވަމުން، އޭނާއަކީ "ފެއިލްވެފައިވާ ފިލްމީ ތަރިއެއް" ކަމަށް ވިދާޅުވެ ހަމަލަ ދެއްވިއެވެ. އަދި، 2024 ވަނަ އަހަރުގެ އިންތިހާބުން އެއްފަރާތްވުމަށް ޖޯ ބައިޑަންއަށް މީގެ ކުރިން ކްލޫނީ ބާރުއެޅި މައްސަލައަށް ވެސް ފާޑުވިދާޅުވެފައެވެ.






