ޑޮނަލްޑް ޓްރަމްޕް ސޮލީބީ ހަމަލަތައް ފެށީ ރިއަލިޓީ ޓީވީގައި ފެންނަ ފަދަ ތަރިއެއްގެ މަޝްހޫރުކަން ހޯދާށެވެ. އަދި އީރާން ފުނޑުފުނޑުކޮށްލާނެ ކަމަށާއި، އެ ގައުމުގެ ވެރިކަން ވައްޓާލާނެ ކަމަށާއި، ނިއުކްލިއާ ޕްރޮގްރާމް ނައްތާލައި، ހުރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދާނެ ކަމަށް ވަޢުދުވަމުން ޖެނޮސައިޑް ޔަހޫދީންނާއި ސަހުޔޫނީ އަރަބިންނާ އެކު ހަމަލަތައް ދެމުން ދިޔައެވެ.
ސާޅީސް ދުވަސް ފަހުން، ނަތީޖާ މިހާރު މިވަނީ ފެންނާށެވެ:
- 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭކާރުވެ،
- އެމެރިކާގެ 13 ބޭހެއް ސުންނާފަތިވެ،
- އެފް-35 ފައިޓާ ޖެޓެއްގެ އަގުވެއްޓި،
- އީ-3 އެވާކސް ބޯޓު ވައްޓާލައި،
- އެއްވެސް އިސްތިރާތީޖީ މަގްސަދެއް ހާސިލެއް ނުކުރެވުނެވެ. އެންމެ މަގްސަދެއް ހާސިލެއް ނުވިއެވެ.
މިއީ ޓްރަމްޕާއި އޭނާއަށް ސަނާކިޔާ މީހުން މިހާރު ސިފަކުރަމުންދާ ފަދަ "ތާރީޚީ ކާމިޔާބީއެއް" ނޫނެވެ.
މިއީ އިސްތިރާތީޖީ ގޮތުން ލިބުނު ފުރިހަމަ ނާކާމިޔާބީއެކެވެ. އީރާން ކުޑަ ކަކޫޖަހައެއް ނުލިއެވެ.
އެ ގައުމުގެ ލީޑަޝިޕް ވަނީ ފުރަތަމަ ދިން އަވަހާރަކޮށްލުމުގެ ހަމަލާތަކުން ސަލާމަތްވެ ވަޑައިގެންފައެވެ،
މުޖްތަބާ ޚާމަނާއީގެ ދަށުން ކޮމާންޑް އޮނިގަނޑު އަލުން ބިނާކޮށް، އީރާނުން ވަނީ މި ހަނގުރާމައަކީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ބަލިފައިތައް ބޭޒާރުކޮށްދިން ވަރުގަދަ ކުރިމަތިލުމަކަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ ސިފައިން އަގުބޮޑު ހަތިޔާރުތައް އީރާނުން ހަފުސްކުރުވަމުން ދިޔައިރު ތެލުގެ އަގު އުފުލެމުން ދިޔައެވެ.
ތެހެރާނުން ވަނީ ހުރުމުޒު ކަނޑުއޮޅީގައި ނުތަނަވަސްކަން ދަމަހައްޓައި، ދުނިޔެ ކޮށި އަރުވާލާފައެވެ.
އީރާނަށް 47 އަހަރު ވަންދެން އަދަބު ދިން ހުޅަނގަށް 40 ދުވަސް ވަންދެން އީރާނުގެ އަދަބަށް ކެތްކޮށެއް ނުލެވުނެވެ.
އީރާނުން މުދާ އުފުލާ ބޯޓުފަހަރަށް ހުރަސްއަޅަމުން ދިޔައެވެ. އަދި ލިބެމުން ދިޔަ ގެއްލުންތައް ހުއްޓުވުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް އެދި އާދޭސްކުރަން ވޮޝިންޓަނަށް މަޖުބޫރުކުރުވިއެވެ.
ޓްރަމްޕް ކުއްލިއަކަށް ދެ ހަފްތާގެ "މެދުކެނޑުމަކަށް" މިސްރާބު ބަދަލުކުރުމަކީ ވެރިއަކު ދައުލަތް ހިންގުމުގައި ދައްކާ ހިކުމަތްތެރިކަމެއް ނޫނެވެ. އެއީ ބިރުގަތުމެކެވެ.
ގައުމެއް "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު ދިން ފިނޑި މީހާ މިހާރު މިއުޅެނީ ރައްކާތެރިކަމާއެކު ނުކުމެވޭނެ މަގެއް ހޯދާށެވެ. އެއީ ޚަރަދުތައް އިތުރުވަމުން ގޮސް، އެއްވެސް ކާމިޔާބީއެއް ނުލިބުމުންނެވެ. ވެރިކަން ބަދަލެއް ނުކުރެވުނެވެ. ބަދަލުވީ އެމެރިކާގެ ވެރިންގެ ފަންތިއެވެ.
އީރާނަށް ނިއުކްލިއާ ހަތިޔާރު ދޫކޮށްލާކަށް މަޖުބޫރެއް ނުކުރެވުނެވެ. އީރާނު ނުސިހުނެވެ.
އެމެރިކާގެ މަރުކަޒުތަކާއި ވަސީލަތްތައް ހަލާކުކޮށްލިއެވެ. އެމެރިކާއަށް ބައިއަތު ހިފާފައިވާ ސަހުޔޫނީ އަރަބިން ބޭޒާރުވިއެވެ.
މިއީ ތާރީޚުގައި ފެންނާނެ ކަމަށްބުނާ އެންމެ މޮޅު "ޑީލްމޭކަރު" ކަމަށް ބުނެ އެއްއިރެއްގައި ފޮނިކަނޑަމުން ދިޔަ ޓްރަމްޕުގެ ހާލެވެ.
އީރާނުން ވަނީ އެމެރިކާގެ އޮފު ކަނޑުވާލައި އެމެރިކާ ގިއްގަޅުވާލާފައެވެ.







