ޓްްރަމްޕްގެ އަންހެނުން މެލަނިއާ ޓްރަމްޕް ބުނަނީ: އަހަރެންނަކީ ދުވަހަކުވެސް އެޕްސްޓީންގެ ރަހުމަތްތެރިއެއް ނޫން!
އަހަރެންގެ އެޕްސްޓީންއާ ނުވަތަ އޭނާގެ ބައިވެރިޔާ މެކްސްވެލްއާ އެއްވެސް ގުޅުމެއް ދުވަހަކުވެސް ނެތް!
އަހަރެންނަކީ އެޕްސްޓީންގެ ޝިކާރައަކަށްވީ މީހެއް ނޫން!
އަހަރެން ޑޮނަލްޑްއަށް ތައާރަފުކޮށްދިނީ އެޕްސްޓީންއެއް ނޫން!
ވަކި ދުވަސްވަރެއްގައި، އެޕްސްޓީންވެސް ބައިވެރިވި ބައެއް ޕާޓީތަކަށް އަހަރެންނާއި ޑޮނަލްޑްއަށް ދައުވަތު ލިބިފައިވޭ!
ޓްރަމްޕްގެ އަންހެނުން މިވާހަކަތައް އިއްޔެ ދައްކާފައި ވަނީ އީރާނުން "އެޕްސްޓީންއާއެކު އޭނާ ފެނިގެން ނުވާފަދަ މަންޒަރެއްގައި އިން" ފޮޓޯއެއް އީރާނުން ހިއްސާ ކުރުމުންނެވެ.
މި އަންހެން މީހާ މިވާހަކަ ދެއްކުމާ ގުޅިގެން ގާނޫނީ ތަޖުރިބާކާރު އަދި އެމެރިކާގެ ލޯ ޕްރޮފެސަރު ޖޭމްސް ސާމްޕަލް، ވިދާޅުވީ: އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ ސަރުކާރުގެ ހާލަތު ގޯސްވެފައިވާ މިންވަރުން، ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށްޓަކައި ޓްރަމްޕް ވަނީ އޭނާގެ އަންހެނުން ވެސް އެޕްސްޓީންގެ މައްސަލައިގެ ތެރެއަށް ވައްދާފައި ކަމަށެވެ.
މިއޮތީ ޓެލެގްރާފް ނޫހުގެ ބޭރުގަނޑެވެ! މިހާރު ކޮންމެ ދުވަހެއްގައި ޓްރަމްޕްކީ މީޑިއާއަށް ޖޯކަރެކެވެ.







