އެމެރިކާއިން ފޮނުވާފައިވާ ވަފްދުގައި 300 މީހުން ހިމެނެއެވެ. އެއްބަޔަކު ވަނީ މިހާރު އިސްލާމްއާބާދަށް އައިސްފައެވެ. މި 300ގެ ތެރޭގައި މައި ވަފުދާއި އިރުޝާދުދޭ ކޮމިޓީތަކުގެ އިތުރުން، ސަލާމަތީ ކަންކަމާއި، ރައްކާތެރިކަމާއި، އަދި ޕްރޮޓޮކޯލް ބަލަހައްޓާ ޓީމު ހިމެނެއެވެ.
އީރާނުގެ ވަފުދުން މި މަޝްވަރާތަކުގައި ބައިވެރިވަނީ 71 މީހުންނާ އެކުގައެވެ.
އީރާނުން ރިޕޯޓްކުރާ ގޮތުގައި، "އެމެރިކާގެ މަޝްވަރާކުރާ ޓީމުގައި ސެންޓްކޮމް ޓެރަރިސްޓް ކޮމާންޑަރު" ހިމެނެއެވެ.
ސެންޓްކޮމްގެ ކޮމާންޑަރު ބައިވެރިވާކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި އީރާން ވަފުދުތަކުން އެންމެ ފުރަތަމަ ވަކިވަކިން ބައްދަލުކުރައްވާނީ ޕާކިސްތާނުގެ ބޮޑުވަޒީރާއެވެ. އޭގެ ފަހުން މަޝްވަރާތައް ފެށޭނެ އެވެ.
މިއަދު ހެނދުނު 8 ޖެހިއިރު މަޝްވަރާތައް ފެށިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ފެތުރި ޚަބަރަކީ ދޮގު ޚަބަރެކެވެ.





