އީރާން ސިފައިން އެމެރިކާގެ ދެމަނަވަރު ފައްސާލިކަން ކަށަވަރު ވެއްޖެ

ހޮނިހިރު ދުވަހު ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާ ކަނޑުގެ ސިފައިންގެ 'އާލީ ބާކް' ކްލާހުގެ ދެ މަނަވަރަކަށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ފަރާތުން ކުރިމަތިވި އިންޒާރުތަކާ ގުޅިގެން  އަނބުރާ ދާން މަޖުބޫރުވެފައިވާ ކަމަށް ސަރަޙައްދީ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ، ބްލޫމްބާގުން ޔަގީން ކޮށްދެއެވެ.

އަދި އައި.އާރް.ޖީ.ސީ އިން އެ މަނަވަރުތަކާ ދިމާލަށް ހަމަލަ ދިނުމަށް ޑްރޯން އެއް ފޮނުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްރު މައުލޫމާތު ހިއްސާކުރެއްވުމަށް ނަން ހާމަނުކުރުމަށް އެދިވަޑައިގެންނެވި އެ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ދުބާއީ ގަޑިން މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެމެރިކާ އާއި އީރާނުގެ ވަފުދުތަކުން މަޝްވަރާތަކަށް އިސްލާމްއާބާދުގައި ތިއްބަވަނިކޮށް ކަމަށެވެ.

ނަމަވެސް، ބަހުރައިންގައި ހުންނަ އެމެރިކާގެ ސެންޓްކޮމްގެ ބަޔާނުގައި އީރާނުން އެ މަނަވަރުތައް އަނބުރާ ފޮނުވާލަން އުޅުނު ކަމުގެ އެއްވެސް ވާހަކައެއް ފާހަގަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްް ވެސް ވަނީ ދޮގު ޚަބަރު ފަތުރައި ޕްރޮޕެގެންޑާ ކޮށްފައެވެ.

އީރާނުގެ ނިއުސް އެޖެންސީން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުޖައިރާއިން ހުރުމުޒު ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރަމުންދިޔަ އެމެރިކާގެ މަނަވަރެއް އެ އީރާން ސިފައިން މޮނިޓަރކޮށްފައި ފައްސައިފައިވާ ކަމަށާއި ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް އެމެރިކާއަށް އެކަން އަންގާފައި ވާނެ އެވެ. އެ މަނަވަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދިނުމާ ގުޅިގެން، އެމެރިކާގެ މަނަވަރު ވަނީ ކަނޑުއޮޅިން ފިލައިގެން އައިކޮޅަށް ގޮސްފައެވެ.

ހިއްސާ ކުރައްވާ!