ޔަހޫދީ މޮޔަކަލޭގެ ބެންގްވީރު ޖަލަށް ހައްޔަރުކުރަން އުޅުމުން އެރުދުޣާނަށް އަވަގުރާނަ ގޮވައިފި

ތުރުކީވިލާތުން ޔަހޫދީ ޖެނޮސައިޑް މޭސްތިރިން ކަމަށްވާ ނަތަންޔާހޫ އާއި ބެން ގްވީރު އާއެކު އިސްރާއީލުގެ 35 މަސްއޫލުވެރިއަކު ހައްޔަރުކުރުމަށް އެދި ދައުވާ އުފުލުމާ ގުޅިގެން، ބެން ގްވީރު އުރުދުޣާނަށް އިނގިރޭސި ބަހުން އަވަގުރާނަ ގޮވައިފިއެވެ.

މއީި ފަހަކަށް އައިސް ބައިނަލްއަގްވާމީ މަސްރަހުގައި ޓްރަމްޕާ ހެދި ފެންނަން ފަށާފައިވާ ދަށު ދަރަޖައިގެ ކަންކަމެވެ.

ޓްރަމްޕް ވަނީ ފެނަވރު ދަށ ްބަސްމަގު ބޭނުންކޮށްގެން ވެރިންނާއި ލީޑަރުންނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ހަދާފައެވެ. އަދި އެމެރިކާގެ ޕްރޮކްސީ ކަމަށްވާ ޖެނޮސައިޑް ހިންގާ ޔަހޫދީ ދައުލަތުގެ ވެރިންވެސް ޓްރަމްޕާ އެއް ބަސްމަގެއް ބޭނުން ކުރެއެވެ.

މިއަދު ދެއްވި ތަގްރީރެއްގައި އެރުދުޣާން ވިދާޅުވީ:

އިސްރާއީލުން ވަނީ "ލުބުނާނަށް ޚިޔާނާތްތެރިވެ، ހަނގުރާމަ ހުއްޓާލަން އިއުލާންކުރި ދުވަހު' 254 މީހުން މަރާލާފައި." ކަމަށެވެ.

އަދި "ނަތަންޔާހޫއަކީ ނަފުރަތާއި ލޭއޮހޮރުވުމުން ލޯ އަނދިރިވެފައިވާ މުޖުރިމެއް.. އޭނާ އެއްވެސް ހުއްޓުމެއްނެތި އަންހެނުންނާއި ކުޑަކުދިން މަރަމުންދަނީ. އަދި ހިޓްލަރުގެ ފިޔަވަޅުމަތިން ހިނގާ މީހަކު، އިންސާނިއްޔަތު ހަލާކުކުރުމުގެ ކުރިން އަމިއްލަ ނަފްސު ހަލާކުކޮށްލާނެ." އެރުދުުޣާން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!