އިސްލާމްއާބާދުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވި ސަބަބު

ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާ އާއި އީރާނާ ދެމެދު 21 ގަޑިއިރަށް ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެއެވެ. މި ބައްދަލުވުމަކީ 1979 ވަނަ އަހަރަށްފަހު ދެ ގައުމުގެ ދެމެދުގައި ސީދާކޮށް ބޭއްވުނު އެންމެ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އިއުލާނުކޮށްފައިވާ ދެ ހަފުތާގެ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައެވެ.

މި މަޝްވަރާތައް ނާކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބަކީ އެމެރިކާއިން ވާހަކަތައް ކުރިއަށް ނު ގެންދެވެ ގޮތަށް ޑިޕްލޮމެސީއަށް ޖާގަ ނުދީ ހަރުކަށި އުސޫލުތަކެއް ގެންގުޅުމެވެ. އީރާނުން ބާރުއަޅަމުންދިޔައީ ސަލާމަތީ ކަންކަމުގެ ޔަގީންކަން ހޯދުމަށާއި 40 އެތައް އަހަރެއް ވަންދެން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށެވެ. ނަމަވެސް އެމެރިކާގެ މައިގަނޑު އަމާޒަކަށްވީ އީރާނުން ކުރިއަށް ގެންދާ ދިފާއީ މައސައްކަތް ހުއްޓުވުމެވެ.

މީގެ އިތުރުން، މަޝްވަރާތައް ކުރިއަށްދިޔަ ވަގުތު އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން މަޝްވަރާގެ މާހައުލު އިތުރަށް ގޯސްވެ، ދޫދިނުމުގެ ފުރުސަތު ކުޑަވެގެންދިޔައެވެ. ހަމައެއާއެކު، ހުރުމުޒު ކަނޑުއޮޅި އީރާނާ ގުޅިގެން ކޮންޓްރޯލް ކުރަން އީރާނުން ބޭނުން ވުމާއި ދުނިޔޭގެ ތެލުގެ ބާޒާރަށް އަތުވެދާނެ ދަތިކަމެއްގެ ސަބަބުން މަޝްވަރާތަކަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވިއެވެ.

ޕާކިސްތާނުން މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ސަރަހައްދީ ހަމަޖެހުން ގާއިމުކޮށް، އެ ގައުމުގެ ހާރިޖީ ދައުރު ވަރުގަދަކުރުމުގެ އުންމީދުގައެވެ. ނަމަވެސް މި ބައްދަލުވުން ނާކާމިޔާބުވުމުން، މިފަދަ ބޮޑެތި މައްސަލަތަކުގައި ޕާކިސްތާނަށް އޮތް ނުފޫޒު ކުޑަ ވެގެންދާނެ ކަން ވަނީ ހާމަވެފައެވެ.

މި މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމުގެ ސަބަބުން، މިހާރު އޮތް ވަގުތީ ސުލްހަ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސްވަނީ ކުޑަވެފައެވެ. މީގެ ސަބަބުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެ، ހަނގުރާމަ ފުޅާވެގެން ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!