އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުކޮށްފައިވާ ދަރިވަރުންގެ ހަނދާނުގައި، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި 168 އާ ސްކޫލް ބިނާކުރުމަށް އީރާނުގެ 'ސްކޫލް ރެނޮވޭޝަން އޯގަނައިޒޭޝަން' އިން ނިންމައިފިއެވެ.
މި މަޝްރޫއުގެ ދަށުން، މީނާބުގެ ޝުހަދާއިންގެ ނަމުން ނަންދެވިފައިވާ ދެ ސްކޫލެއްގެ އިތުރުން، އެ ސިޓީއަށް ނިސްބަތްވާ ޝަހީދުވި ކޮންމެ ދަރިވަރެއްގެ ހަނދާނުގައި ވަކި ސްކޫލެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ކުދިންގެ ގުރުބާނީގެ ހަނދާން އާކޮށް، ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
އީރާނުގެ ސްކޫލް ރެނޮވޭޝަން އޯގަނައިޒޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި އިސްނެގުމަކީ ޝަހީދުކޮށްފައިވާ ކުދަ ކުދިންގެ ހަނދާންތައް ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
އެމެރިކާ ސިފައިން މިނާބްގެ ޝަޖަރައޭ ޠައްޔިބާ ސްކޫލަށް ހަމަލަ ދީފައި ވަނީ އެ އިމާރާތަކީ ސްކޫލެއްކަން ސެޓެލައިޓު ފޮޓޯތަކުން އެނގި ހުރެގެންނެވެ.
ނިއުޔޯކު ޓައިމްސްއާއި އަލްޖަޒީރާއިން ކުރިއަށް ގެންދިޔަ ތަހުގީގުންވެސް އެނގިފައި ވަނީ އެމެރިކާއިން މިކަން ކުރީ ގަސްތުގައި ކަމަށެވެ.







