ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްއިން 2026 އިން 2030 އަށް އެކުލަވާލާފައިވާ 15 ވަނަ 5 އަހަރުގެ ޕްލޭން ވަނީ މިދިޔަ މަހު ފާސްކޮށްފިއެވެ. މި ޕްލޭނުގެ ދަށުން ޗައިނާގއިން އިސްކަންދޭ ކަންކަން ކަމަށްވާ، ޓެކްނޮލޮޖީގެ އަމިއްލަ ފުދުންތެރިކަމާއި، ގައުމީ ސަލާމަތް ފަދަ ކަންކަން ވަނީ ދައުލަތުން ކޮންޓްރޯލްކުރާ އިގްތިސާދީ ފައިދާއަށް ކުރާ ކަންކަންކަމަސް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، ވިޔަފާރިއާއި، ޓެކްނޮލޮޖީ އަދި މާލީ ގުޅުންތަކުގެ ތެރެއިން ދެކުނު އޭޝިއާގައި ޗައިނާގެ ނުފޫޒު ފުޅާކުރުމުގެ ސްޓްރެޓެޖީއެއް ވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.
ދެކުނު އޭޝިއާގެ ސަރަހައްދުގައި ޗައިނާއަކީ މިހާރުވެސް އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ގައުމެވެ. 2024 ވަނަ އަހަރު ދެކުނު އޭޝިއާއާއެކު ޗައިނާއިން ކުރި ވިޔަފާރީގެ އަދަދު ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އަދި ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ނުވާ ބޫޓާން ފިޔަވައި ދެކުނު އޭޝިއާގެ ކޮންމެ ގައުމެއްގެވެސް އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ޗައިނާއެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ޗައިނާއިން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގައި، 48 ބިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައި ވެއެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޗައިނާއަށް އެންމެ ބޮޑު ދަރަންޏެއް ހިއްސާ ކުރާ ދެގައުމަކީ ޕާކިސްތާނާއި ސްރީލަންކާ އެވެ.
ޗައިނާގެ އައު ޕްލޭނުގައި އިންފްރާސްޓްރަކްޗަރަށްވުރެ ބޮޑަށް ކުރިއަރާފައިވާ ޓެކްނޮލޮޖީއަށް ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ.
މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް މަބް އާއި، ކޮމްޕިއުޓިންގް ޕަވަރ އަދި އައު "މޮޑެލް ޗިޕް ކްލައުޑް އެޕްލިކޭޝަން" އާކިޓެކްޗަރ ހިމަނާފައި ވެއެވެ. ޗައިނާގެ އަމާޒަކީ ދެކުނު އޭޝިއާގެ ސަރުކާރުތަކަށް މަބްގެ ނިޒާމުތަކާއި، ޑިޖިޓަލް ގަވަރނަންސް ޓޫލްތަކާއި، ކްލައުޑް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކުގެ ގައުމީ ނިޒާމުތަކުގައި ޗައިނާގެ ޓެކްނޮލޮޖީ މިންގަނޑުތައް އަށަގަންނާނެއެވެ.
މީގެ އިތުރުން، "ޑިޖިޓަލް ސިލްކް ރޯޑް" ގެ މަސައްކަތްތައްވެސް މި ޕްލޭނުގެ ދަށުން ވަރުގަދަ ވެގެންދާނެއެވެ. ޗައިނާގެ ކުންފުނިތައް ކަމަށްވާ ހުއާވޭ އާއި ޒެޑް.ޓީ.އީ އިން ދަނީ 5ޖީ އާއި، ކްލައުޑް ސަރވިސް އަދި ސްމާޓް ގަވަރނަންސް ފަދަ މަޝްރޫއުތަކުގައި ބައިވެރިވުން އިތުރު ކުރަމުންނެވެ. އަދި އިންޑިއާ ކަނޑުގެ ބަނދަރުތަކުގެ އޮޕަރޭޝަންތައް ޗައިނާގެ އޭއައި އަދި ޑޭޓާ ސިސްޓަމްތަކާ ގުޅުވާލައި، އޮޕަރޭޝަނަލް މެނޭޖުމަންޓް އިތުރުކުރުމަށް ޕްލޭން ކޮށްފައި ވެއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގައ ޗައިނާ މަގްބޫލު ވަނީ ޗައިނާގެ ފައިނޭންސިންގް އަވަސްވުމާއި ޝަރުތުތައް މަދުވުމާއި މުއާމަލާތު ކުރުމުގައި އެ ގައުމުތަކަށް ލިބޭ ހިތްހަމަޖެހުންނެވެ. ނަމަވެސް، މީގެ ސަބަބުން ދިގު މުއްދަތުގައި ޓެކްނޮލޮޖީއާއި މާލީ ގޮތުން ޗައިނާއަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެ އެވެ. މިއީ އެމެރިކާފަދަ ނިޒާމަކަށް ބަރޯސާ ވުމަށް އޮތް ހަމައެކަނި ހައްލެވެ.

