ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު އެކަމުން ދުރު ރާސްތާގައި އެންމެ ބޮޑު ގެއްލުމެއް ކުރާނެ ގައުމަކީ ޗައިނާއެވެ. މިއީ ހަމައެކަނި އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތް މައްސަލައެއްގެ ގޮތުގައި ބެލެވޭކަށެއް ނެތެވެ. އެމެރިކާއިން ހިންގާ އުދުވާނުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ މުހިންމު ކަނޑުގެ މަގެއް ވަނީ ބަންދުވެފައެވެ.

މި ހާލަތުގައި ސަބަބުން އެންމެ ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައިވާ އެއް ގައުމަކީ ޗައިނާއެވެ. ޗައިނާއަކީ އީރާނާއި ގަލްފުގެ ގައުމުތަކުން ފޯރުކޮށްދޭ ހަކަތައަށް ބަރޯސާވާ ގައުމަކަށް ވާއިރު، މި ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ އުފުލުމުގެ ޚާރަދު ބޮޑުވެ، ދަތުރުތަކަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ.

މީޑިއާއިން ލަފާ ކުރާ ގޮތުގައި، ޗައިނާގެ ސްޓްރެޓެޖިކް މަގާމު މިވަގުތު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. ބެއިޖިންގް އިން ބޭނުންވަނީ ހަކަތައިގެ ސަޕްލައި މެދުނުކެނޑި ލިބުމެވެ. ނަމަވެސް، ހަމައެއާއެކު އީރާނާއެކު އޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަކީވެސް ބެއިޖިންގއަށް މުހިންމު ކަމެކެވެ.

މިހާތަނަށް ޗައިނާއިން މި މައްސަލައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަދެފައެއް ނުވެއެވެ. ޗައިނާއިން އެމެރިކާއާ ދެކޮޅަށް ބޭނުން ކޮށްފައި ވަނީ ޑިޕްލޮމެސީގެ މަގެވެ. އަދި ކަނޑުގެ މަގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައިވެސް ޗައިނާއިން ބައިވެރިވެފައެއް ނުވެއެވެ. މިއީ ސަރަހައްދީ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި ޗައިނާގެ އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ޗައިނާއިން ޑިޕްލޮމެސީގެ މަސައްކަތްތަކާއި ފަރުދާގެ ފުރަގަހުގައި އެގައުމުގެ ނުފުޒު ބޭނުނން ކުރާ ކަމުގެ މިސާލެކެވެ.

ހިއްސާ ކުރައްވާ!