ޓްރަމްޕް ފޮނިކަނޑަނިކޮށް އީރާނުން އޭނާ ރޭރުވައިފި

ޓްރަމްޕް ބުނަނީ އީރާނުގެ 8 އަންހެން ކުދިންގެ ފުރާނަ ސަލާމަތް ކޮށްދީފައި ވާނެ ކަމަށެވެ. ޓްރަމްޕް މިހެން ބުނެ ފޮނި ކެނޑިފަހުން ވައިޓްހައުސްގެ ތަރުޖުމާނު ކަމަނާވެސް ވަނީ ފޮކްސް ޓީވީގައި ވާހަކަ ދައްކަމުން އީރާން އަންހެން ކުދިންގެ ފުރާނަ ސަލާމަތް ކޮށްދެވޭނީ ޓްރަމްޕަށް ކަމަށް ބުނެފައެވެ.

ކަމުގެ ހަގީގަތް އެމެރިކާއަށް ސާފުވީމާ ފަހުންނެވެ.

އެޕްސްޓީނަށް އަތް ގާތްކޮށްދޭން އުޅުނު ޓްރަމްޕް ފޮނިކަނޑަނީ މިކުދިން ސަލާމަތް ކޮށްދިން ކަމަށް ބުނެއެވެ. މިއީ އީރާނުން އޭއައި ބޭނުން ކޮށްގެން އުފެއްދި ފޮޓޯތަކެކެވެ. އީރާނުން ބުނަނީ މި ކުދިން ދަންޖައްސަން އުޅެނީ ކަމަށެވެ! ޓްރަމްޕް ފޮނި ކެނޑުމާއެކު އީރާނުން ބުނެފައި ވަނީ ޓްރަމްޕް އެދުމަށް ދީލައިގެން މިކުދިންގެ ފުރާނަ ސަލާމަތް ކޮށްދީފައިވާ ކަމަށެވެ. އަދި އީރާނުން މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށް ބުނުމުން އެމެރިކާ ވެރިން ވަނީ ރާޑީވެފައވެ.

އެއަށްފަހު ދެކުނު އެފްރިކާގައި ހުންނަ އީރާން އެމްބަސީން ވަނީ އަނެއްކާ އިތުރު އަންހެން ކުދިންތަކެއްގެ ފޮޓޯ ޝާއިއުކޮށްފައެވެ.

އަދި ބުނެފައި ވަނީ މި ކުދިން ސަލާމަތް ކޮށް ދިނުމަށް ޓްރަމްޕް ގާތު އެދޭށެވެ. އަދި އެޕޯސްޓްގައި ޗެޓްޖީޕީޓީއަށް ޝުކުރިއްޔާ އަދާކޮށްފައި ވެއެވެ،.

ހިއްސާ ކުރައްވާ!