އަރަބިން އީރާނަށް ހަސަދަވެރިވަނީ ކީއްވެގެން ހެއްޔެވެ؟

1- އަރަބިންނާއި އީރާނާ ދެމެދު އޮތް މައްސަލައަކީ އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ސަބަބުން އުފެދިފައިވާ މައްސަލައެއް ހެއްޔެވެ؟
ނޫނެކެވެ! ޕާކިސްތާނާއި، އިންޑިއާ އަދި އިސްރާއީލް އަތުގައިވެސް ނިއުކްލިއާ ބޮން އެބަހުއްޓެވެ. ނަމަވެސް އަރަބިންނާއި މިއިން އެއްވެސް ގައުމަކާ މައްސަލައެއް ނެތެވެ.

2- އެހެންވީއިރު، މައްސަލައަކީ އީރާނުން އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނާތީ ހެއްޔެވެ؟
ނޫނެކެވެ! ތުރުކީން 1990 އިން ފެށިގެން އިރާގުގެ ބައެއް ސަރަހައްދުތަކަށް އަތްގަދަކޮށް، 2003 ގައި އެކަން އިތުރަށް ފުޅާކުރިއެވެ. އަދި ސޫރިޔާ، ލީބިޔާ، ސޫދާން އަދި ގަތަރު ސޯމާލިއާ ފަދަ ގައުމުތަކުގައި ތުރުކީގެ އަސްކަރީ މަރުކަޒުތައް ވެސް އެބަހުއްޓެވެ.
އިސްރާއީލުން ސޫރިޔާ، އުރުދުން، ލުބުނާން އަދި ފަލަސްތީނުގެ ބައެއް ބިންތަކަށް ވެރިވެގަނެގެން ވެސް އުޅެއެވެ.
އެކަންވެސް އަރަބިންނަށް މައްސަލައަކަށް ނުވެއެވެ!

3- އެހެންވީ އިރު، އަރަބިންގެ މައްސަލައަކީ އީރާނުގެ ވެރިކަމުގެ ނިޒާމަކީ އަރަބިން ދެކޭ ގޮތުގައި "އަނިޔާވެރި" ނިޒާމަކަށް ވީތީ ހެއްޔެވެ؟
ނޫނެކެވެ! ސައުދީ އަރަބިއްޔާ، ޔޫއޭއީ، ތުރުކީ އަދި އަޒަރުބައިޖާނަކީ ކޮން ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން އިންތިޚާބުތައް ބާއްވައިގެން ވެރިކަން ކުރާ އަދި މީޑިއާއާއި ޚިޔާލު ފާޅުކުމާއި ދީނީ މިނިވަންކަން އޮންނަ ގައުމުތަކެއް ހެއްޔެވެ؟

4- އެހެންވީއިރު، މައްސަލައަކީ އީރާނު މީހުންނަކީ ޖައުފަރީ ފިޤުހުގެ މަޒުހަބަށް އުޅޭ ޝީޢީންނަށް ވީތީ ހެއްޔެވެ؟
ނޫނެކެވެ! އަޒަރުބައިޖާނަކީވެސް ޝީޢީ ގައުމެކެވެ. އަރަބިން ވަރަށް ލޯބިވާ ދޯސްތު ގައުމެކެވެ. އަދި އީރާނުގައި ޝާހުގެ ވެރިކަމުގައި އަރަބިންނަކީ ވަރަށް ގާތްކޮށް އީރާނުގެ ޚުދު މުޚުތާރު ނިޒާމާ ގާތް ގުޅުން ބާއްވައި ބަގަލްގީރުކޮށް ހެދި ބައެކެވެ.

އެހެން ވީއިރު ދެން އޮތީ ހަމައެކަނި އެންމެ ސަބަބެކެވެ.

އެއީ އީރާނުން އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް އުޅޭތީވެ އަރަބިން އީރާނު ދެކެ ރުޅިއަންނަނީ ނޫން ހެއްޔެވެ؟

ނޫންނަމަ، އަރަބިން އީރާނު ދެކެ ރުޅިއަންނަނީ އެމީހުން ޒައުފަރާނާއި ޕިސްތާޝިއޯ ހައްދާތީ ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟

ހިއްސާ ކުރައްވާ!