އީރާނުގެ ރަސްކަން ހޯދަން އުޅޭ މީހާގެ ގަޔަށް ގުއި ޓައްޕަކުން ހަމަލަ ދީފި

އީރާނުގެ ރަސްކަން އަލުން ހޯދަން އުޅޭ މީހާގެ ގަޔަށް ގުއި ޓައްޕަކުން ހަމަލަ ދީފި އެވެ. މިކަން ހިނގާފައި ވަނީ އިރުކޮޅެއް ކުރިން ބާލިން ގައެވެ.

އީރާނުގެ ކުރީގެ ޝާހްގެ ދަރީގެ އެއިޑުން ބުނިގޮތުގައި އޭނާއަށް ހަމަލަ ދިނީ ގުއްޓައްޕަކުންނެއް ނޫނެވެ. އެމީހުން ބުނަނީ ދެކޮޅުވެރިންގެ ބަޔަކު އޭނާގެ ގަޔަށް ޗިލީ ސޯސް ޖެހީ ކަމަށެވެ. ހަމަލަ ދިން މީހުން ސޯސް ގަނޑު އޭނާގެ ކަނދުރާއަށް އަމާޒުކޮށްފައި ވަނީ ވަރަށް ހުޝިޔާރު ކަމާއެކުގައެވެ.

މި ހާދިސާއާ ގުޅިގެން ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.

ޝާހުގެ މި ދަރިއަކީ އެމެރިކާގެ ސޮލީބީންނާއި ޒަޔަނިސްޓު ޔަހޫދީން އަޑީގައި ތިބެގެން އީރާންގައި ފަސާދަ ކުރުމަށް ނެރެފައިވާ މީހެކެވެ،.

ހިއްސާ ކުރައްވާ!