ވައިޓްހައުސްގެ މުރާސިލުންގެ ރޭގަނޑުގެ ފަރިއްކޮޅު ކުރިއަށްދިޔަ ސަރަހައްދުގައި ބަޑިޖެހި މައްސަލައިގައި ހައްޔަރުކުރި އުމުރުން 31 އަހަރުގެ ޓީޗަރު، ހަމަލާދިނުމުގެ ކުރިން އޭނާގެ އާއިލާއަށް ލިޔުމެއް ފޮނުވާފައިވާކަން ހާމަވެއްޖެއެވެ. 27 އެޕްރީލް 2026 ގައި އާންމުކުރި މައުލޫމާތުތަކުން އެނގޭގޮތުގައި، މި ލިޔުމުގައި އޭނާ ވަނީ ބައެއް ސިޔާސީ ޝަހުސިއްޔަތުންނަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
ކޯލް އެލަންގެ ނަމުން ނަންދެވިފައިވާ މި މީހާ ފޮނުވި ނޯޓުގައި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް، ރޭޕިސްޓެއް އަދި ގައުމަށް ޚިޔާނާތްތެރިއެއް" ފަދަ ބަސްތައް އޮރެންޖު މީހާއާ ދެކޮޅަށް ބޭނުންކޮށްފައިވެއެވެ. އަދި އެފަދަ މީހެއްގެ ކުށްތަކުގައި ބައިވެރިވެ، އޭނާގެ މުޑު ދާރު މަސައްކަތަށް ގައުމު ދޫކޮށްލަން ބޭނުންނުވާކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ. ނަމަވެސް، އެ ލިޔުމުގައި ވަކި މީހެއްގެ ނަން ސީދާ ބަޔާންކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފްލާއެއް ހިނގިތަނުގެ ބޭރުގައެވެ. ބަޑިޖެހުމާ ގުޅިގެން އެ ސަރަހައްދު ވަގުތުން ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރިއެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވަނީ ހަމަލާދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެލަން ހައްޔަރުކޮށް އޭނާ އޮރިޔާން ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސީބީއެސްގެ ’60 މިނިޓްސް' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ އެ ލިޔުމުގައިވާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އަންހެނުން ރޭޕްކުރުން ކުށްވެރިކުރާ އެ ލިޔުމަކީ "ހަރުކަށި ފިކުރުގެ" ލިޔުމެއް ކަމަށާއި، ޖިންސީ އަނިޔާގެ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ. "އަހަންނަކީ ރޭޕިސްޓެއް ނޫން. އަހަރެން އެއްވެސް މީހަކު ރޭޕެއް ނުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ. އެކަމަކު އޮރިޔާން ފިލްމު ކުލޭ ޑެނިއެލް ސްޓޯމ ރޭޕްކުރި މައްސަލާގައި އަންހެނުން ރޭޕް ކުރާ ކަން ސާބިތުވާކަމަށް ކޯޓުން ބުނެއެވެ. އަދި އެތައ ޑަޒަން އަންހެނުންގެ ވާހަކަ އާއި އެޕްސްޓީން ޖަޒީރާގެ ވާހަކަ މީޑިއާއިން ރިޕޯޓު ކުރެއެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ލިޔުމާއި ބަޑިޖެހުމަށް މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގު ކުރަމުންނެވެ. ހަމަލާދިން މީހާގެ މަގްސަދާ ބެހޭ އިތުރު ތަފްސީލެއް އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ.



