އެމެރިކާގެ ޓެރަރިސްޓް ހަމަލާތައް ހުއްޓާލުމަށް އީރާނުން ހުށަހަޅާ 14 ނުކުތާ

އެމެރިކާގެ ޓެރަރިޒަމާ ހެދި ދުނިޔޭގެ ބާޒާރުތަކަށް ނުތަނަވަސްކަން ގެނުވާފައިވާ މައްސަލަ ދާއިމީކޮށް ހައްލު ކުރުމަށް އަމާޒުކޮށް، އީރާނުން އެމެރިކާއަށް 14 ނުކުތާގެ އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުން ޕާކިސްތާނާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިއީ އޭޕްރިލް 8 ވަނަ ދުވަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ކުރިއަށްދިޔަ މުހިންމު ފިޔަވަޅެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ މި ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށެވެ. ނަމަވެސް، ތެހެރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް މިހެން ވިދާޅުވީ ޕާކިސްތާން މެދުވެރިކޮށް އީރާނުން މީގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވިތާ އެއްދުވަސް ފަހުންނެވެ.

އީރާނުގެ މީޑިއާން ރިޕޯޓްކުރާ ގޮތުގައި، މި އާ ޕްލޭނަކީ ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން ދެ މަސް ދުވަހަށް އިތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ނުވަ ނުކުތާގެ ހުށަހެޅުމަށް އީރާނުން ދޭ ރައްދެވެ.

އީރާނުން ބޭނުންވަނީ ހުރިހާ މައްސަލައެއް 30 ދުވަހުގެ ތެރޭގައި ހައްލުކުރުމަށެވެ،. އަދި ވަގުތީ ގޮތުން ހަމަލަތައް ހުއްޓާލާފައިވާ ބާއްވަން އީރާނުން ބޭނުމެއް ނުވެއެވެ. އީރާނުން ބުނަނީ ހަނ ގުރާމަ ކުރާނަމ،ަ ހަނގުރާމަކޮށް ކޮޅެއްގައި ޖައްސާލަމާ ބަހީއެވެ. އެހެންވެ އީރާންގެ މަޝްވަރާތަކުގެ އަމާޒަކީ ވަގުތީ މެދުކެނޑުމެއްގެ ބަދަލުގައި ހަނގުރާމަ މުޅިން ހުއްޓާލުމެވެ.

އީރާނުގެ ހުށަހެޅުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުރިއަށް އޮތް ތަނުގައި ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދިނުން؛ އީރާނު ކައިރީގައިވާ ސަރަހައްދުތަކުން އެމެރިކާ ސިފައިން ބޭލުން؛ ހަރާން ގޮތުގައި އެމެރިކާއިން ފޭރގެންފައިވާ ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކުރުން؛ އީރާން އިނދަޖައްސާލަން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާއާއި އިސްރާއީލުން އަރަބިންގެ ތާއީދާއެކު ދިްނ ޓެރަރިސްޓް ހަމަލަތަކަށް ބަދަލު ދޭން ވެސް އެދިފައި ވެއެވެ.  އަދި މީގައި ލުބުނާނު ހިމެނޭހެން ސަރަހައްދީ ހުރިހާ ހަމަނުޖެހުންތަކެއް ހުއްޓާލުން؛ ހުރުމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

އަދި އީރާނަކީ އެންޕީޓީގައި ބައިވެރިގާ ވައުމެއްކަމުން އީރާނަށް ބައިނަލްއަގްވާމީ ގާނޫނުން ލިބިދޭ ޔުރޭނިއަމް މަދަނީ ބޭނުމަށް ފައްކާ ކުރުމަށް ލިބޭ ހައްގުގެ ދަށުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އީރާނަށް އޮން ޖެހޭނެ ކަމަށްވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، މި ހުށަހެޅުމުގެ ސަބަބުން އެމެރިކާއަށް އޮތީ ދެ ގިޮތެކެވެ. އެއީ، "ޑިޕްލޮމަސީ މަގު އިޚުތިޔާރު ކުރުން ނުވަތަ ކުރިމަތިލުން" އިޚްތިޔާރު ކުރުން ކަމަށެވެ. އެނަލިސްޓުން ބުނާ ގޮތުގައި ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގެ ކޮންޓްރޯލް ދޫކޮށްލުމަށް އެމެރިކާއިން ކުރާ ޑިމާންޑްތަކަށް އީރާނުން މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ދޫތަކެއް ދީފައެވެ.

ނަމަވެސް ދެ ގައުމުގެ ދެމެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އަދިވެސް އެބަހުއްޓެވެ.

މުހައްލިލުން ބުނާ ގޮތުން އެޕްސްޓީން ފައިލްތައް ހިފަހައްޓައިގެން އެމެރިކާ ރައީސް ތްރަމްޕް ބްލެކް މެއިލް ކުރުމަށް ނަޔަންތާހޫ ކުރާ މަސައްކަތާ ހެދި މިކަމުގައި ޓްރަމްޕް ދޫ ދީފާނެ ކަމަށް ނުބެލެވެއެވެ.

ފްލޮރިޑާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އީރާނުން ބަސްނާހައި އުޅޭނަމަ އަލުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އީރާނުން ބުނެފައި ވަނީ މިފަހަރަކަކީ އެމެރިކާގެ މަނަވަރުތައް އަނބުރައި އެމެރިކާއަށް ނުދެވޭ ގޮތަށް އަދަބު ދޭނެ ފަހަރެވެ!

އިއެންއެން އިން ގެނަސްދިން ރިޕޯޓެއްގައި ވީޑިއޯތަކާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ގެއްލުމުން ދުނިޔެ ވަނީ ސިހިފައެވެ!

ހިއްސާ ކުރައްވާ!