އެމެރިކާއާއި އީރާނުން ހަމަލަ ބަދަލު ކުރުމަށްފަހު ހިމޭން ވެއްޖެ

ހުރްމޫޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުގެ ސިފައިން ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މިއީ އޭޕްރިލް 7 ވަނަ ދުވަހު އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުމެވެ. މި ހަމަލާތަކާ ގުޅިގެން ދެ ގައުމުންވެސް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް އަމާޒުކުރަމުންދެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެމެރިކާ ސިފައިން ދިން ހަމަލައާ ބެހޭ ގޮތުން ބަހުރައިންގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ހުރުމުޒުގައި އޮތް އެމެރިކާގެ މަނަވަރުތަކަށް އރާނުން ހަމަލަ ދިނުމާ ގުޅިގެން އީރާންގެ ނުރައްކާ ނައްތާލާފައިވާ ކަމަށެވެ. އަދި އެމެރިކާގެ މަނަވަރަކަށް ގެއްލުމެއް ނުލިބޭ ކަމަށް ބުނެއެވެ. އެމެރިކާއިން ހަމަލަ ދިން ތަންތަނުގެ ތަފްސީލެއް ނުދެއެވެ. ނަމަވެސް އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ބޮން އެޅިކަމަށް ބުނެފައި ވެއެވެ.

އެމެރިކައިން ބުނެފައި ވަނީ މިއީ ދިފާއީ ފިޔަވަޅެއް ކަމަށާއި، ހަނގުރާމަ ފުޅާކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. ނަމަވެސް، އީރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ހަމަލާދީފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާންގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ އެކްޓިވޭޓްކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ބާރުތަކުން "އީރާނުގެ ހަމަލާދިން ފަރާތްތައް ނައްތާލާފައިވާ" ކަމަށާއި، އިތުރު ހަމަލައެއް ނުދިނުމަށް އިންޒާރު ދެއްވާ ކަމަށެވެ. އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ކުރިމަތިލުންތަކާއެކުވެސް، ދެ ގައުމުގެ ސަރުކާރުންވެސް ވަނީ ބޮޑު ހަނގުރާމައަކަށް ދާން ބޭނުންނުވާކަމުގެ އިޝާރާތެއް ދީފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މަސްރަހު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށެވެ. އަދި އެމެރިކާއިންވެސް ވަނީ މަސްރަހު އިތުރަށް ގޯސްވާން ބޭނުންނުވާކަން ތަކުރާރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާއިން ހުށަހަޅާފައިވާ ތިން މަރުހަލާގެ ސުލްހައިގެ ޕްލޭނެއް އީރާނުން މުރާޖައާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ޕްލޭންގައި ހިމެނެނީ ރަސްމީކޮށް ހަނގުރާމަ ހުއްޓާލުމާއި، ހުރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ކުޑަކުރުމާއި، އަދި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް 30 ދުވަހުގެ މުހުލަތެއް ކަނޑައެޅުމެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ ހުށަހެޅުމާ މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!