އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށާއި އަމަލުފުޅުތަކަށް ޕާކިސްތާނުގައި ހުންނަވާ އީރާނުގެ ސަފީރު ރިޒާ އަމީރީ މުޤައްދަމް، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އީރާނުގެ ސަފީރު ޓްރަމްޕަށް މިފަދަ ރައްދެއް ދެއްވާފައިވަނީ، ޓްރަމްޕް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޯއަކާ ގުޅިގެންނެވެ. އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެ ފޮޓޯއިން ފެންނަނީ، ޓްރަމްޕް މަނަވަރެއްގެ މަތީގައި ހުންނަވައިގެން ކަނޑުގެ ސަރަހައްދެއްގައި ބޮޑެތި ގޮއްވުންތަކެއް ހިނގަމުންދާ ދުރުމީން މަންޒަރު ބައްލަވަން ހުންނަވާ މަންޒަރެވެ.
މިކަމާ ގުޅިގެން ސަފީރު މުޤައްދަމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚާރިޖީ ގުޅުންތައް ނުވަތަ ޑިޕްލޮމެސީއަކީ އެ ގޮތަށް ކުރިއަށް ގެންދާ ކަންކަމެއް ނޫން ކަމަށެވެ. އަދި ޓްރަމްޕްގެ އެ އަމަލަކީ ޚާރިޖީ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް "ގޮފަޅަ" އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ހަގީގަތާ ޚިލާފު ޚިޔާލީ ދުނިޔެއެއްގައި ތިބެގެން، ހަނގުރާމައަށް މަގުފަހިވާ ފަދަ ގޮތަކަށް ބިރުދެއްކުމާއި، ހޭރިގަނެ، މީހުންގެ ސަމާލުކަން ހޯދަން އުޅުމަކީ އޭގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، މަސްލަހަތު ގޯސްވުމަށް މެދުވެރިވާނެ ކަމެއް ކަމަށެވެ.
އޮރިޔާން ފިލްމު ކުޅޭ ޑެނިއެލް ސްޓޯމީ ރޭޕްކޮށްގެން އެމައްސަލަ އޮއްބަން ރިޝްވަތު ދީގެން ޝައީއަތް ކޮށްފައިވާ ޓްރަމްޕްގެ މިފަދަ އަމަލުތަކަކީ އޭނާގެ ބޮލު ރޮދިކެނޑިފައިވާކަން ސާބިތުވާ ކަމެއް ކަންވެސް އެމެރިކާ ކޮންގްރެސްގެ ބައެއް މެމްބަރުން ވިދާޅުވެއެވެ.






