ހަނގުރާމައިގެ ތެރޭގައި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ސިއްރު ދަތުރެއްގައި ޔޫއޭއީއަށް ދިޔަ

އިސްރާއީލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު، އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ ދުވަސްވަރު ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔަ ކަމަށް އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ހާމަކޮށްފިއެވެ. މި ދަތުރުގައި އޭނާ ވަނީ ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާން ފަދަ އެ ގައުމުގެ މަތީ ފަންތީގެ އިސްވެރިންނާ ބައްދަލުކޮށް ސައްލާ ކޮށްފައެވެ.

އިސްރާއީލުގެ މީޑިއާ ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު މަހު ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަބޫދާބީއަށް ކުރި ދަތުރުގެ މައުލޫމާތު އާންމުކުރުމާ ގުޅިގެން ޔޫއޭއީން ވަނީ ވަރުގަދަ އިހުތިޖާޖެއް ކޮށްފައެވެ. މި ސިއްރު ދަތުރުގެ މައުލޫމާތު ހާމަކުރުމުން އެމިރޭޓްސްގެ އިސްވެރިން ވަނީ އިންތިހާއަށް ކޯފާވެފައި ކަމަށްވެސް އެ ނެޓްވޯކުން ބުނެފައިވެއެވެ.

ނިއުދިއްލީގައި ބޭއްވި ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވަނީ ޔޫއޭއީގެ މަންދޫބު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަރާގްޗީ ވިދާޅުވީ "އިސްރާއީލާއެކު ތިޔަބައި މީހުން ހެދި ކޯލިޝަނުން ތިޔަ ގައުމަކަށް ރައްކާތެރިކަމެއް ނުލިބުނު" ކަމަށާއި، އީރާނާ މެދު ގެންގުޅޭ ސިޔާސަތު އަލުން މުރާޖައާ ކުރުމަށް ގޮވާލައްވާ ކަމަށެވެ.

އަރާގްޗީ އިތުރަށް ވިދާޅުވީ، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އޭނާގެ ތަގުރީރުގައި ކުރިން ޔޫއޭއީގެ ނަން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކުގައި ޔޫއޭއީގެ ސީދާ ބައިވެރިވުން އޮތް ކަމަށާއި، އެ އަމަލުތައް ކުށްވެރިކުރުމަށްވެސް ޔޫއޭއީން ފަސްޖެހިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކޮންމެވެސް ސަބަބަކާ ހެދި ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީ މަސްއޫލުވެރިން ކުރި ދަތުރުތައް ސިއްރު ކުރަން ޔޫއޭއީގެ އާލަނަހްޔާން އާއިލާއިން ބޭނުން ވެެއެވެ. މި އާއިލާއަކީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމާއި އިސްލާމޯފޯބިއާގެ ވާހަކަ ފެތުރުމުގައި އިސް ދައުރެއް އަދާ ކުރާ ބައެއް ކަމަށް މުސްލިމުން ތުހުމަތު ކުރާ ބަޔެކެވެ.

ހިއްސާ ކުރައްވާ!