ގުލްޝިފްތާ ފަރުހާނީއަކީ އީރާނުން ފްރާންސަށް ހިޖުރަކޮށްފައިވާ ޒުވާނެކެވެ. އޭނާއަކީ މުމައްސިލާއެކެވެ. ފްރާންސްގެ ރައިސް އިމަނުއެލް މެކްރޮން، ގުލްޝިފްތާ ފަރުހާނީއާ މެދު ޚާއްސަ ގޮތެއް ބަހައްޓަވައެވެ. ފަރުހާނީއަކީވެސް ތީރި އަންހެނުންގެ ގިންތީގައި ގުނާލެވޭނެ އަންހެނެކެވެ.
- ގުލްޝިފްތާ ފަރުހާނީ އީރާނުން ހިޖުރަ ކުރިއިރު އޭނާގެ ނަމަކީ، ރަހާ ވަރްދު ފަރްހާނީއެވެ. ފަހުން ފިލްމީދާއިރާއަށް ވަނުމަށްފަހު ނަން ބަދަލު ކުރީއެވެ.
- އުމުރުން މިހާރު 42 އަހަރުގެ ފަރުހާނީ ވަނީ ދެ ކައިވެންޏެއް ކޮށް ނިންމާފައެވެ.
- 2011ގައި އޭނާގެ ނިވާކަން ކުޑަ ފޮޓޯތަކެއް މަދާމް ފިގާރޯ މަޖައްލާގައި ޝާއިއުކުރުމުން އީރާނުން ވަނީ އޭނާ އިރާނަށް ވަނުން މަނާ ކޮށްފައެވެ.
- މިހާތަނަށް 59 ފިލްމެއްގައި އޭނާ އެކްތް ކޮށްފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މެކްރޮންގެ ލޯ ދޮށް ކަޅު ވުމާއި މޫނުމައްޗަށް ތަފާއްޔެއް ލިބިގަތުން ފަދަ ކަންކަމަކީ ގުލްޝިފްތާ ފަރުހާނީއާ ހެދި ދިމާވެފައިވާ ކަންކަމެވެ. ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅުގައި މެކްރޮންގެ މޫނުފުޅަށް ލިބިވަޑައިގަތް ތަފާއްޔަކީ ދުނިޔެއަށް މަޝްހުރު ތަފާއްޔެކެވެ!
![]()
މެކްރޮން އާއި ފަރުހާނީގެ ގުޅުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ކުރަމުންދާ ބަހުސްގައި ބުނަނީ ފަރަންސޭސި ރައީސް މެކްރޮން އާއި އީރާނަށް އުފަން ފަރަންސޭސި ބަތަލާ ގުލްޝިފްތާ ފަރުހާނީއަކީ ގާތް ދެ އެކުވެރިން ކަމަށެވެ.
މެކްރޮންގެ އަނބިކަނބަލުންނަކީ އޭނާއަށް ވުރެން އެތައް އަހަރެއް ދޮށީ އަންހެން ބޭފުޅެކެވެ. އެއީ އޭނާގެ ޕްރައިމަރީ ގްރޭޑްތަކުގައި އޭނާގެ ޓީޗަރެވެ. ގުލްޝިފްތާ ފަރުހާނީއަކީ މެކްރޮންއާ އުމުރުން ގާތް ކުރާ އޭނާއަށް ވުރެން ހަގު ޒުވާނެކެވެ.
ފަރުހާނީއާއި މެކްރޮންގެ ގާތްކަމުގެ ވާހަކަ ޓިކްޓޮކް އަދި އެކްސް ފަދަ މަންސަތަކުގައި ފެތުރެމުންދާއިރު، ގިނަ ބަޔަކު ދަނީ މިކަމުގެ ހަގީގަތާ މެދު ބަހުސް ކުރަމުންނެވެ.
މި ބަހުސް ފެށިފައިވަނީ ވީޑިއޯ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެކްރޮން އާއި ފަރުހާނީގެ ގުޅުމަކީ ހަމައެކަނި ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. މިކަމާ ގުޅިގެން އެލިޒޭ ޕެލަސްއިން ނުވަތަ ފަރުހާނީވެސް މިހާތަނަށް އެއްވެސް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން، އެ ވީޑިއޯގައި ފަރަންސޭސިވިލާތުގެ ފަސްޓް ލޭޑީ ބްރިޖިޓް މެކްރޮންއާ ގުޅޭގޮތުންވެސް ސާބިތުނުހިފޭ ވާހަކަތަކެއް ވަނީ ދައްކާފައެވެ.
ފަރަންސޭސި ސަރުކާރުގެ އިދާރާތަކުން މިހާތަނަށް މިއިން އެއްވެސް ވާހަކައަކަށް ރައްދު ދީފައެއް ނުވެއެވެ. އަދި ރައީސްގެ އޮފީހުން ނުވަތަ ބްރިޖިޓް މެކްރޮންގެ ފަރާތްޕުޅުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.







