ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި

އީރާނާއި ސޮލީބީ ސަހުޔޫނީންނާ ދެމެދު އޮތް މަސްރަޙު ގޯސްވެ، ސަރަޙައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ދައުލަތުގެ މީޑިއާއިން ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ދުރަށް ފޮނުވަން ފަށައިފިއެވެ. މިއީ މުޅި ޤައުމު ހަނގުރާމައަކަށް ތައްޔާރުކުރުމަށް އެ ޤައުމުން ފަށާފައިވާ "މޮބިލައިޒޭޝަން ކެމްޕޭން" ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ދައުލަތުގެ ޓީވީން ދައްކާ މި ސެގްމެންޓްތަކުގައި ޓީވީ ޕްރެޒެންޓަރުންނާއި އަސްކަރީ ތަމްރީނުދޭ މީހުން ބައިވެރިވެ، އޭކޭ-47 ގެ ބަޑިތައް ރޫޅައި، އެ ބޭނުންކުރާނެ ގޮތް އަންނަނީ ޢާންމުންނަށް ދަސްކޮށްދެމުންނެވެ. ޚާއްޞަކޮށް، އިރުމަތީ ޖަރުމަނުގައި އުފައްދާފައިވާ އެމްޕީއައި ކޭއެސް މަރުކާގެ ބަޑި ގެންގުޅޭ މަންޒަރުތައް ސްޓޫޑިއޯތަކުގައި ވަނީ ދައްކާފައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކަކީ ސޮލީބީ އެމެރިކާއާއި ޖެނޮސައިޑް ޔަހޫދީ އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ޤައުމުގެ ރައްޔިތުން ތައްޔާރުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ. ޓީވީ ޕްރޮގްރާމްތަކުގެ އިތުރުން، އީރާނުގެ އެކި ސިޓީތަކުގައި އާންމުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ޢަމަލީ ގޮތުން ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ވެސް ދަނީ ބާއްވަމުންނެވެ.

މި ޕްރޮގްރާމްތައް ދައްކަން ފެށުމާއެކު، އީރާންގެ ރައްޔިތުންގެ މެދުގައި މިކަމަށް މަގްބޫލުކަން އިތުރު ވެފައި ވެއެވެ. އަދި އީރާނުގައި ރައްޔިތުންގެ ރޫހަކީ ބޭރުން އަރާ ބާރަކަށް އީރާނު މީހުންގެ އަޒުމު ބަލުކޮށް ނުލެވޭނެކަން ދެއްކުމެވެ.

މެދުއިރުމަތީގައި ޚާއްސަ ފާރިސީ ކަނޑު އޮޅީގައި ތިބޭ އަރަބި ގައުމުތަކުން އިސްރާއީލާއާއި އެމެރިކާއާ ބައިަތު ހިފައި އީރާނަށް އައު ބުރަކަށް ހަމަލަ ދިނުމަށް ވިސްނަމުން ދިއުމުން އީރާނުން މިފަދަ ތަމްރީނުތަކެއް ފެށުމަކީ ސަރަޙައްދީ ހަނގުރާމައަކަށް އެ ޤައުމުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމުގެ ނިޝާނެއް ކލަން އަރަބިންނާއި ޔަހޫދީންނާއި އެމރިކާއަށް ހާމަކޮށް ދެއވެ.

ހިއްސާ ކުރައްވާ!