އީރާނުން އުފައްދާފައިވާ މަތީ ދަރަޖައަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް ގައުމުން ބޭރަށް ނުގެންދިއުމަށް އެ ގައުމުގެ އެންމެ މަތީ ވެރިޔާ ދައުލަތުގެ އިމާމް، މުޖުތަބާ ޚާމަނާއީ އަމުރުކުރައްވާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތް ނުކުރާ މިންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރަށް ބަދަލުކުރުމަށް އެމެރިކާއިން ބާރު އަޅަމުން ދިއުމުން މިއީ އެކަމަށް އިޖާބަ ދިނުމަށް އީރާނުން ނެގި ހަރުކަށި ފިޔަވަޅެކެވެ.
އީރާނުގެ އިސް ދެ މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ އީރާނުގެ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެއްބަސްވެފައިވާ ކަމެކެވެ. މިގޮތަށް ނިންމީ ޔުރޭނިއަމް ރިޒާވް ގައުމުން ބޭރަށް ގެންގޮސްފިނަމަ، އެމެރިކާ އާއި އިސްރާއީލުގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާތަކަށް އީރާނު އިތުރަށް ހުށަހެޅިގެންދާނެތީ ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. އީރާނުގެ މުހިންމު ނިންމުންތަކުގައި އެންމެ ފަހުގެ ބަސް ވިދާޅުވާނީ ދައުލަތުގެ އިމާމް، އެންމެ މަތީ ވެރިޔާއެވެ.
ޖެނޮސައިޑް އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ޔަގީންކަން ދެއްވާފައިވާ ގޮތުގައި އީރާނުގެ ޔުރޭނިއަމް ރިޒާވް އެ ގައުމުން ބޭރަށް ބަދަލުކުރެވޭނެއެވެ. އަދި ސުލްހައިގެ އެއްވެސް އެއްބަސްވުމެއްގައި މިކަން ސަރީހަކޮށް ހިމަނަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ޕްރޮކްސީއެއް ކަމަށްވާ ޔަހޫދީ ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، އީރާނުން ޔުރޭނިއަމް ބޭރުކުރުމާއި ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލައި، ބެލިސްޓިކް މިސައިލްގެ ގާބިލްކަން ނައްތާނުލަނީސް ހަނގުރާމަ ނިމުނުކަމަށް ގަބޫލުނުކުރާނެ ކަމަށެވެ. މިހާރު ދުނިޔޭގައި އޮތް ޔަހޫދީ ރެޖީމު ބިރުގަންނަ ހަމައެކަނި ގައުމަކީ އީރާނެވެ.
އީރާނުގެ ޔުރޭނިއަމް ރިޒާވް ބާރުގެ ބޭނުންކޮށްގެން ނެރުމަށް އެމެރިކާއިން ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ވިސްނަމުން ދެއެވެ. ނަމަވެސް އެފަދަ ކަމެއް ކޮށްފިނަމަ އިސްރާއީލަށާއި އެމެރިކާގެ ގޮނޑިކޮއްކޮ އަރަބިންނާއި އެމެރިކާގެ މެދުއިރުމަތީގެ މަސްހަލަތަށް ދިގު ދެމިގެންދާ ގެއްލުންތަކެއް އީރާނުން ދޭނެއެވެ. އީރާނުން މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ ނަފްސް ކޮންޓްރޯލު ކޮށްގެންނެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ގެ އަންދާޒާތަކުން ދައްކާގޮތުގައި، އީރާނުގެ އަތުގައި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440 ކިލޯގްރާމްގެ ޔުރޭނިއަމް އެބަހުއްޓެވެ. މި ތަކެތި ހުރީ ފޯޑޯ، އިސްފަހާން އަދި ނަޠަންޒް ފަދަ ސިއްރު މަރުކަޒުތަކަށް ބަހާލެވިފައެވެ. އަސްކަރީ މާހިރުން ލަފާކުރާ ގޮތުގައި މި ތަކެތި ހޯދުމަށް އެމެރިކާގެ 1،000 އެއްހާ ކޮމާންޑޯއިން އީރާނަށް ފައިބަން ޖެހިދާނެއެވެ. ނަމަވެސް އީރާނުގެ މިސައިލާއި ޑްރޯންގެ ހަމަލާތަކުގެ ސަބަބުން މިއީ ނުރައްކާތެރި ކުރިމަތިލުމަކަށް ވެގެންދާނެއެވެ. މި މިންވަރަކީ ހަތިޔާރު އުފެއްދޭނެ ވަރުގެ މިންވަރެއް ނޫނެވެ. ނަމަވެސް ޔަހޫދީންނާއި ސޮލީބީން އޮޅުވާލައިގެްނ ދުނިޔެއަށް ދައްކަނީ މިއީ ބޮމެއް އުފެއްދޭ ވަރަށް ފައްކާ ކޮށްފައިވާ އެއްޗެއްގެ ގތުގައެވެ.





