ޓްރަމްޕްގެ އަންހެން ދަރި މަރާލާނެ ކަމަށް ބުނި މީހާ ހައްޔަރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރި މަރާލުމަށް ބަޔަކު މީހުން ރާވަމުން ދިޔަ ކަމަށާއި އެކަމަކީ އީރާނުގެ އިންގިލާބީ ސިފައިންނާ ގުޅުން ހުރި ކަމެއް ކަމަށް ޒަޔަނިސްޓުން ހިންގާ ނިއުޔޯކު ޕޯސްޓުން ބުނެފިއެވެ. އެ ނޫހުން ބުނަނީ މި ކަމަކީ އެމެރިކާއިން ޣީލާ މަރެއްގައި އީރާންގެ އަސްކަރީ ލީޑަރު ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމާއި އަދި ޝީޢީންގެ އިމާމް އަލީ ޚާމަނާއީ ޝަހީީދު ކޮށްލުމުގެ ބަދަލުގައި ކުރަން އުޅުނު ކަމެއް ކަމަށެވެ.

މި ކަމާ ގުޅިގެން އެމެިރކާިއން މީހަކު ހައްޔަރުކޮށްފައި ވެއެވެ،. އެއީ، އުމުރުން 32 އަހަރުގެ މުހައްމަދު ބާގިރު ސައުދު ދާއޫދު އައްސައުދީ ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާއަކީ އީރާނުގެ އިންގިލާބީ ސިފައިންގެ ފަރާތުން ތަމްރީން ހޯދާފައިވާ މީހެއް ކަމަށް ޕޯސްޓުން ބުނެއެވެ. ނަމަވެސް މި ފުލޯކު ވާހަކަތައް ސާބިތުކޮށްދޭފަދަ އެއްވެސް ހެއްކެއް އެހޫނުން ދައްކާފައެއް ނުވެއެވެ.

ވޮޝިންޓަންގައި ހުންނަ އިރާގު އެމްބަސީގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އިންތިފާޟް ގަންބަރާ ހަވާލާދީ ޕޯސްޓްގައި ބުނެފައި ވަނީ ސުލައިމާނީ މަރާލުމާ ގުޅިގެން ސައުދީ ދިޔައީ ޓްރަމްޕްގެ އާއިލާއަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. ގަންބަރަކީ އެމެރިކާއިން ހިމާޔަތް ހޯދާފައިވާ މީހެކެވެ.

ސައުދީ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ފްލޮރިޑާގެ ސަރަހައްދެއްގެ ޗާޓެއް ހިއްސާކޮށް، އެމެރިކާގެ ސިއްރު ފުލުހުންނަށްވެސް ޓްރަމްޕްގެ އައުލާދު ހިމާޔަތް ނުކުރެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއާއި ބައިވެރިން މިހާރު ތިބީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައެވެ.

ސައުދީ ހައްޔަރުކޮށްފައި ވަނީ ތުރުކީވިލާތުންނެވެ. އޭނާ ގެންގުޅެފައި ވަނީ އިރާގް ޕާސްޕޯޓެެކެވެ. ބެލެވޭ ގޮތުގައި އޭނާއަކީ އިރާގް ރަށްވެއްސެކެވެ.

ސައުދީއަކީ އިރާގުގެ ނަޖަފްއަށް ދީނީ ފަތުރުވެރިކަމުގައި އަންނަ މީހުންނަށް ޚިދުމަތް ދޭ ކުންފުންޏެއް އުފައްދައިގެން އެކުންފުނި ހިންގާފައެވެ. އެމެރިކާ ނޫހުން އޭނާ ބަދުނާމު ކުރުމަށް ބުނަނީ އެއީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ގެންގުޅުނު ކުންފުންޏެއް ކަމަށެވެ.

އެމެރިކާގެ ނިއުޔޯކުގެ ބްރޫކްލިންގައި ސައުދީ ތުރުކީން ވަގަށް ނެގުމަށްފަހު މިހާރު ވަނީ ބަންދުކޮށްފައެވެ. މި މަރުކަޒަކީ އެމެރިކާ ސަރުކާރުން ލޭބަލް ކުރާ ބޮޑެތި ކުށްވެރިންނާއި އެމެރިކާއިން ވަގަށް ނަގާ ގައުމުތަކުގެ އިސްވެރިން ބަންދުކުރާ މަރުކަޒެވެ.

ހިއްސާ ކުރައްވާ!