ޔަހޫދީ ޓެރަރިސްޓް މިނިސްޓަރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕްގެ ޕާލަމަންޓުގެ މެންބަރުން ގޮވާލައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސާނީ ހައްގުތަކާ ބެހޭ ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި އިޒްރޭލުގެ ޓެރަރިސްޓް މިނިސްޓަރު އިތަމާރު ބެން ގަވީރު، ހިމެނުމަށް ޔޫރަޕްގެ ޕާލަމަންޓުގެ 29 މެންބަރަކު ގޮވާލައިފިއެވެ. މި މެންބަރުން މިކަމަށް އެދިފައިވަނީ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ 'ފްރީޑަމް ފްލޮޓީލާ' ގެ އެކްޓިވިސްޓުންނަށް އިޒްރޭލުން އަނިޔާ ކޮށް އެމީހުން ރޭޕްކޮށް ހެދުމާ ގުޅިގެންނާއި އަދި އެމީހުންނަށް ކުރި އިހާނެތި އަމަލުތައް ހިމެނޭ ވީޑިއޯއެއް ބެން ގަވީރު އާންމުކުރުމާ ގުޅިގެންނެވެ.

އިޓަލީގެ މެންބަރު ޑެނީލޯ ޑެއްލާ ވަލޭ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، އޭނާއާ އެކު ޖުމްލަ 29 މެންބަރަކު ވަނީ ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާއަށް މިކަމާ ގުޅޭ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ އެހީގެ ގާފިލާގައި ހިމެނޭ އެކްޓިވިސްޓުން ރޭޕްކޮށް، ބިޑިއަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

ޔޫރަޕުގެ ބައެއް ރައްޔިުން މިފަދަ ކަންކަމަށް ގޮވާލި ނަމަވެސް ޔޫރަޕްގެ ވެރިންނަކީ ޔަހޫދީ ޖެނޮސައިދް ރެޖީމަށް ބިރުން ނިގޫފިތިފައި ތިބޭ ބަޔެކެވެ.

މި މައްސަލައާ ގުޅިގެން ޑެއްލާ ވަލޭ ވިދާޅުވީ، "ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އަމަލުން ކަންކަން ދައްކަންވީ ވަގުތު މިހާރު ޖެހިއްޖެ" ކަމަށެވެ. އަދި މީގެ ކުރިން ވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިތްވަރު ދިނުމާއެކު ފަލަސްޠީނު މީހުންނަށް އަނިޔާވެރިކަން އިސްކުރާ ޖެނޮސައިޑް އިޒްރޭލުގެ ވަޒަންވެރިންނާ ދެކޮޅަށް މި ފިޔަވަޅުތައް ބޭނުންކޮށްފައިވާތީ، އިންސާނީ ހައްގުތަކަށް އަރައިގަންނަ އެހެން ފަރާތްތަކާ ދެކޮޅަށް ވެސް މި ފިޔަވަޅުތައް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިޒްރޭލުގައި ތިބި ނާޒީ ފިކުރުގެ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބެން ގަވީރު އާންމުކުރި ވީޑިއޯގައި ފެންނަނީ އެހީގެ ގާފިލާގެ އެކްޓިވިސްޓުން ކަކޫ މައްޗަށް ތިރިކޮށް، ބިޑިއަޅުވައި، ބޯ ބިމަށް ހަރައިގެން ތިއްބައެވެ. މި މަންޒަރުތަކާ ގުޅިގެން އިނގިރޭސިވިލާތް، ނިއުޒީލެންޑް، އިޓަލީ، ކެނެޑާ، ނެދަލޭންޑްސް، ބެލްޖިއަމް، ފްރާންސް އަދި ސްޕެއިން ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ބިބޜ ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ސަފީރުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ތުރުކީން ފުރައިގެން ދިޔަ މި 'ފްރީޑަމް ފްލޮޓީލާ' އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިދިޔަ އެއް އަހަރު ތެރޭގައި ކުރި ތިންވަނަ މަސައްކަތެވެ. ޖެނޮސައިޑް ޔަހޫދީ އިޒްރޭލުން މި ގާފިލާ ހުއްޓުވާފައި ކަނޑު ފޭރިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު ސައިޕްރަސްގެ އައްސޭރިފަށުންނެވެ.

ހިއްސާ ކުރައްވާ!