އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވި ގޮތުގައި އީރާނާއެކު އެއްބަސްވާން އުޅޭ ސުލްހައިގެ އެއްބަސްވުން އޮތީ އޭގެ އެންމެ ފަހު މަރުހަލާގައެވެ. އަދި އެއްބަސްވުމަކަށް އާދެވުމާ ވަރަށް ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ތިން މަރުހަލާގެ ޕްލޭން:
މިހާރު ފައިނަލް ޑްރާފްޓާ ގާތްވެފައިވާ ފަހުމުނާމާ ގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ މަސައްކަތްތަކެއް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި 30 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ހިމެނެއެވެ.
ސަރަހައްދީ އަދި ބައިނަލްއަގުވާމީ ތާއީދު:
ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ގަތަރު، އުރުދުން، ތުރުކީ އަދި ޕާކިސްތާނުގެ ލީޑަރުން ވަނީ މި ހަމަނުޖެހުން ނިމުމކަށް ގެނައުމަށް ބާރުއަޅުއްވައި ޓްރަމްޕަށް ފިއްުންތައް ކުރިމަތި ކުރައްވާފައެވެ. އަދި ސަރަހައްދީ ގައުމުތަކުން ވަނީ މި ޑިޕްލޮމެޓިކް ކުރިއެރުމަށް މަރުހަބާ ކިޔައެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ މި ޑިޕްލޮމެޓިކް ކުރިއެރުމަށް މަރުހަބާ ކިޔާފައެވެ. އޭނާގެ ވާހަކައިގައި އާދަވެގެން އީރާން ނުބައި މިސްކޮށް ހަގީގަތް އޮޅުވާލާ ފަދައިން މިފަހަރުވެސް ވާހަކަ ދައްކާފައި ވެއެވެ! އޭނާ ބުނެފައި ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވޭނެ ފަދަ ދާއިމީ ހައްލެއްގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން އަބަދުވެސް ބުނަމުން ދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ގާނޫނު ހުއްދަ ކުރާ ގޮތަށް މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ދިރާސާ ކުރުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށެވެ.
އީރާނުގެ މަގާމު:
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ނުކުރާކަމުގެ ޔަގީންކަން ދުނިޔެއަށް ދޭން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް، އެ ގައުމުގެ މަޝްވަރާ ޓީމުން ގައުމީ ކަރާމާތަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއްގައި ދޫނުދޭނެ ކަމަށް ތަކުރާރުކޮށް އޭނާ ބާރު އަޅުއްވައި ވިދާޅުވިއެވެ.
ކަނޑުދަތުރުފަތުރާއި ހަކަތައަށް ކުރާ އަސަރު
- މިހާރު ސުލްހައަށް ހުށަހެޅިފައިވާ ފަހުމުނާމާގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން މުޅިން އުވާލަންޖެހެއެވެ.
- އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، މުހިންމު ސަރަހައްދެއް ކަމަށްވާ ސްޓްރެއިޓް އޮފް ހުރުމްޒް ހުރަސްކުރުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރުގެ އަދަދު އެއް މަސް ދުވަހުގެ ތެރޭގައި ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ރުޖޫއަވާނެ ކަމަށް ބެލެވެއެވެ.
- ކަނޑުގެ މައިންތަކާއި، ޑްރޯން އަދި މިސައިލްގެ ނުރައްކަލާ ހުރެ މަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު، ގަލްފުގެ ހަކަތަ އުފައްދާ ކުންފުނިތަކުން މިހާރު ވަނީ ރައްކާތެރިކަމާއެކު ކަނޑުއޮޅީގެ ހާލަތު ބަލައި، މަޑުމަޑުން އެ ސަރަހައްދަށް އެނބުރި އަންނަން ފަށާފައެވެ.
އިގްތިސާދީ އަދި މާލީ ނަތީޖާތައް
- އެމެރިކާއިން ފޭރިގެންފައިވާ އީރާންގެ ފައިސާ ދޫކޮށްލުން:
ހުށަހެޅިފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ބޭރުގެ ބޭންކުތަކުގައި އޭމެރިކާ ބުނެގެން އީރާނުގެ ފައިސާތަކުގެ ބައެއް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. - މަނިޓަރީ ޕޮލިސީގެ ފިއްތުންތައް:
އެމެރިކާއާއި އިސްރާއީލުން އުފެއްދި ފިތުނައިގެ ސަބަބުން ހަކަތައިގެ ސަޕްލައިއަށް ބުރޫ އެރުމުން މުޅި ޔޫރަޕްގައި އިންފްލޭޝަން ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.
ޔޫރަޕިއަން ސެންޓްރަލް ބޭންކް ގެ ގަވަރނިންގ ކައުންސިލް މެންބަރު މާޓިން ކޮޗާ ފާހަގަކުރެއްވި ގޮތުގައި، ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ރަސްމީކޮށް ނިމުމަކަށް ނުގެނެވިއްޖެނަމަ، އަންނަ މަހު އިންޓްރެސްޓް ރޭޓް ބޮޑުކުރުމަށް އީ.ސީ.ބީ އަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެއެވެ.




