ޔޫރޭނިއަމް ބޭރުނުކޮށް އީރާނާއެކު އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުން ފައްކާކޮށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް އެ ގައުމުން ބޭރުނުކުރާހާ ހިނދަކު، އެ ގައުމާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ޔަހޫދީ ޖެނޮސައިޑް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީބީއެސް ނިއުސްގެ ރިޕޯޓަރު ޖެނިފާ ޖޭކޮބްސް ހާމަކުރި ގޮތުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް އުވާލުމަށާއި، މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް އެ ގައުމުން ބޭރުކުރުމަށް ޓްރަމްޕް ބާރުއަޅުއްވައެވެ. މިއީ ތެހެރާނާއެކު ވެވޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަސާސީ ޝަރުތެއް ކަމަށް ޓްރަމްޕް ވަނީ ކަނޑައަޅުއްވާފައެވެ.

"މި ހަރުކަށި ޝަރުތުތައް ފުރިހަމަނުވާހާ ހިނދަކު ވޮޝިންޓަނުން އެއްބަސްވުމުގައި ސޮއިނުކުރާނެ" ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަޝްވަރާގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ، އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ނުކުރި ނަމަވެސް، އީރާނަށް އަބަދުވެސް ބޮން އެޅުމުގެ މިނިވަންކަން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް އޮންނާނެ ކަމަށެވެ. މީގެ ތެރޭގައި ލުބުނާނަށް ބޮން އެޅުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

މި ކުރިއެރުންތައް އައިސްފައިވަނީ އީރާނާއެކު ވެވޭނެ އެއްބަސްވުމެއްގެ ދެލިކޮޕީއަށް އާންމު ގޮތެއްގައި އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ޓްރަމްޕް ވަނީ ބަހްރޭން، މިސްރު، އުރުދުން، ގަތަރު، ޔޫއޭއީ، ޕާކިސްތާން، ސައުދީ އަރަބިއްޔާ އަދި ތުރުކީގެ ލީޑަރުންނާ ފޯނުން މަޝްވަރާ ކުރައްވާފައެވެ.

އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތީ 50-50 ގެ ޗާންސެއް ކަމަށެވެ. އަދި މެއި 23 ވަނަ ދުވަހު އޭނާގެ މަޝްވަރާ ޓީމާ ބައްދަލުކުރައްވައި، މެއި 24 ގައި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފައްކާކޮށްފައިވާ ޔޫރޭނިއަމްއަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. ނަމަވެސް އީރާނުން އެ މިންވަރަށް މުއްސަނދިކޮށްފައެއް ނުވެއެވެ. އަދި އީރާނުން ބަުނަނީ ނިއުކްލިއަރ ހަތިޔާރު ނު ގެންގުޅޭނެ ކަމަށެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުން ނިއުކްލިއަރ ބޮން ގެންގުޅޭ އިރު ދުނިޔޭގެ އެއްވެސް ގާނޫނެއް މި ޖެނޮސައިދް ޔަހޫދީ ރެޖީމަކަށް ނުހިނގައެވެ.

ހިއްސާ ކުރައްވާ!