އެމެރިކާގައި މުސްލިމުންނާ މެދު ނަފުރަތާއި ބިރުވެރިކަން އުފެއްދުމަށްޓަކައި ރޭވުންތެރިކަމާއެކު ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަން ހާމަވެއްޖެއެވެ. ސެންޓަރ ފޯ އެމެރިކަން ޕްރޮގްރެސްއިން 2011 ވަނަ އަހަރު ޝާއިޢުކުރި ރިޕޯޓަކަށް ބަލާއިރު، އެމެރިކާގެ 7 ފައުންޑޭޝަނަކުން އެކަނިވެސް މުސްލިމުންނާ މެދު ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށް 42.6 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ މުސްލިމު އަވަށްޓެރިންނާމެދު ހިސާބުގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ.
މިކަމުގައި މީޑއާއާއި ހޮލީވުޑްގެ ދައުރުވެސް ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން ހޮލީވުޑްއިން ވަނީ 300 އަށްވުރެ ގިނަ ފިލްމުގައި އަރަބިންނާއި މުސްލިމުންނަކީ ތަޢުލީމެއް ނެތް، އަނިޔާވެރި އަދި ހަރުކަށި ބައެއް ކަމަށް ސިފަކޮށްދީގެން މީހުންގެ ސިކުނޑި ކާލާފައެވެ. މިއީ ރާވައިގެން އިސްލާމް ދީނައި މުސްލިމުން ނޭދެވޭ ގޮތްގޮތަށް ދެއްކުމަށް ހިންގާ ބޮޑު ކެމްޕޭނެކެވެ.
ފަންޑުކުރުން: އިސްލާމޯފޯބިއާއަށް ޚަރަދުކުރަނީ ކޮންބައެއް؟
2011 ވަނަ އަހަރު، ސެންޓަރ ފޯ އެމެރިކަން ޕްރޮގްރެސްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2001 އާއި 2009 އާ ދެމެދު އެމެރިކާގެ މައިގަނޑު 7 ފައުންޑޭޝަނަކުން 42.6 މިލިއަން ޑޮލަރު، މުސްލިމުންނާ ދެކޮޅަށް ހިންގާ ނެޓްވޯކަކަށް ފޯރުކޮށްދީފައިވެއެވެ. މި ޖަމާއަތްތަކަކީ މިކަމަށް ހޭދަކުރުން މަތީ ދެމިތިބޭ ބައެކެވެ.
މައިގަނޑު ހަތް ފަރާތަކީ:
- • ޑޯނާސް ކެޕިޓަލް ފަންޑް (Donors Capital Fund)
- • ޑޯނާސް ޓްރަސްޓް (Donors Trust)
- • ލިންޑް އެންޑް ހެރީ ބްރެޑްލީ ފައުންޑޭޝަން (Lynde and Harry Bradley Foundation)
- • ރަސަލް ބެރީ ފައުންޑޭޝަން (Russell Berrie Foundation)
- • އެންކަރޭޖް ޗެރިޓަބަލް ފަންޑް (Anchorage Charitable Fund)
- • ފެއަރބްރޫކް ފައުންޑޭޝަން (Fairbrook Foundation)
- • ނިއުޓަން އެންޑް ރޮޝެލް ބެކަރ ފައުންޑޭޝަންސް (Newton and Rochelle Becker Foundations)
މިއީ ކުދިކުދި ޖަމާއަތްތަކެއް ނޫނެވެ. މިއީ އެމެރިކާގެ ސިޔާސސަތު ބައްޓަން ކުރާ ކެމްޕޭންތަކާއި، ލޮބީ ގްރޫޕްތަކާއި، އަދި މީޑިއާ ޕްލެޓްފޯމްތަކަށް ފަންޑުކުރާ ކޮންޒަވޭޓިވް ފިކުރުގެ ބޮޑެތި ޖަމްއިއްޔާތަކެވެ.
ފައިސާ ހޭދަކުރާ ސަބަބުތައް:
ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ބައެއް ސަބަބުތަކަކީ:
- • ހަރުކަށި ކަމަށް ބުނާ ގައުމުތަކާ ދެކޮޅަށް ޚާރިޖީ ސިޔާސަތުތައް ދިފާއުކުރުން
- • މުސްލިމުންނަށް ފާރަވެރިވުމާއި ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ މަސައްކަތްކުރާ ބަޖެޓުތަކަށް ތާއީދު ހޯދުން
- • ބިރުވެރިކަން އުފައްދައިގެން ވޯޓުލާ މީހުންގެ ތާއީދު ހޯދުން
- • އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުގެ ވާހަކަތަކަށް ބާރުދިނުން
- • ފިނި ހަނގުރާމައަށްފަހު އާ "ދުޝްމަނެއް" ގެ ގޮތުގައި މުސްލިމުން ދުނިޔެއަށް ދެއްކުން
- • މުސްލިމުންނާ ދެކޮޅު ސިޔާސީ ފަރާތްތަކަކަށް ފައިދާވާނެ ފަދަ ޝައްކު އުފެދޭ މާހައުލެއް ދެމެހެއްޓުން
މިމީހުންގެ މި ހަރަކާތްތަކުގެ މައުލޫމާތު އެމީހުންގެ ޓެކްސް ރެކޯޑުތަކާއި، އެހީ ދިނުމުގެ ރެކޯޑުތަކާއި، އަދި އާންމުކޮށްފައިވާ ރަސްމީ މައުލޫމާތުތަކުން އެނގެން ހުރެއެވެ.
މުސްލިމުންނާ ދެކޮޅު ވާހަކަތައް އުފައްދަނީ ކޮންބައެއް؟
މި ފައިސާ ހޭދަ ކުރަނީ މުސްލިމުންނާ ދެކޮޅު ފޮތްތައް ލިޔުމަށާއި، ރިޕޯޓުތައް އެކުލަވާލުމަށެވެ. އަދި މީޑިއާގައި މުސްލިމުންނާ ދެކޮލަށް ދައްކާނެ ވާހަކަތައް ތައްޔާރުކުރާ މަދު "ތިންކް ޓޭންކް" ތަކަކަށާއި "މާހިރުން" ތަކަކަށެވެ.
މި ލިޔުންތައް އުފައްދާ މައިގަނޑު ޖަމްއިއްޔާތައް:
- • ސެންޓަރ ފޯ ސެކިއުރިޓީ ޕޮލިސީ (CSP) – މުސްލިމުންނާ ދެކޮޅު މަސައްކަތުގެ މޭސްތިރި: ފްރޭންކް ގަފްނީ
- • މިޑްލް އީސްޓް ފޯރަމް (MEF) – ޑެނިއަލް ޕައިޕްސް
- • އިންވެސްޓިގޭޓިވް ޕްރޮޖެކްޓް އޮން ޓެރަރިޒަމް (IPT) – ސްޓީވަން އެމަރސަން
- • ޖިހާދު ވޮޗް (Jihad Watch) – ރޮބަޓް ސްޕެންސަރ
- • އެކްޓް ފޯ އެމެރިކާ (ACT for America) – ބްރިޖިޓް ގެބްރިއަލް
- • ޑޭވިޑް ހޮރޮވިޓްޒް ފްރީޑަމް ސެންޓަރ – ޑޭވިޑް ހޮރޮވިޓްޒް
މި ފަރާތްތަކުން ތައްޔާރު ކުރާ ލިޔުންތައް ތަކުރާރުކޮށް ފެންނަނީ:
- • ޓީވީ ނިއުސްތަކުން
- • ކޮންގްރެސްގައި ބާއްވާ އިސްރާއީލަށް ސަޕޯޓު ކުރާ މުސްލިމު ގައުމުތަކާ ދެކޮޅު އަޑުއެހުންތަކުން
- • މުސްލިމުންނާ ދެކޮޅު ޕޮޑްކާސްޓްތަކުން
- • ނޫސްތަކުގެ ކޮލަމްތަކުން
- • ސޯޝަލް މީޑިއާ ކެމްޕޭންތަކުން
މިމީހުންނަކީ ވަކި ފިކުރަކަށް ބުރަވެ، މުސްލިމުންނާ ދެކޮޅަށް ލިޔުންތައް އުފައްދާ ބައެކެވެ. ނަމަވެސް، މީޑިއާގައި މިމީހުންނަކީ ކަމުގެ "މާހިރުން" ގެ ގޮތުގައި ލޭބަލް ކޮށް ދައްކައެވެ.
މިމީހުން ދައްކާ މުސްލިމުންނާ ދެކޮޅު ވާހަކަތަކުގެ ސައްކަން ދެއްކުމަށްތަކައި:
1. މުސްލިމުން އެމެރިކާގެ ސަރުކާރުގެ ތެރެއަށް ވަންނަމުންދާ ކަމަށް ބުނާ "ރިޕޯޓެއް" ޝާއިއުކުރުން.
2. އެ "ރިޕޯޓާ" ބެހޭގޮތުން ވާހަކަދެއްކުމަށް ޓީވީއަށް އެރުން.
3. ސިޔާސީ މީހުން އެ ޓީވީ ޕްރޮގްރާމާ ހަވާލާދީ ވާހަކަދެއްކުން.
4. މީޑިއާއިން އެ ސިޔާސީ މީހާގެ ވާހަކަތައް ކަވަރުކުރުން.
5. މިކަން ވަށާ ޖެހޭ ގޮތަށް ތަކުރާރުވުން.
މިމީހުންގެ މި މަސައްކަތަކީ އަމިއްލައަށް އުފައްދައިގެން ފަތުރާ ޕްރޮޕެގެންޑާއެކެވެ. އަދި މިއީ ތަޖުރިބާކާރު އެންމެން އެއްބަސްވާ ކަމެއްގެ ގޮތުގައި ދެއްކުމަށްޓަކައި ހިންގާ ބަންދުވެފައިވާ ބުރެކެވެ.
މުސްލިމުންނާ ދެކޮޅު މެސެޖުތައް ފަތުރަނީ ކޮންބައެއް؟
މުސްލިމުންނާ ދެކޮޅު މައުލޫމާތު އުފެއްދުމަށްފަހު، އެ ތަކެތި ފަތުރަން ޖެހެއެވެ. އެހެންވެ މީޑިއާގެ މިލްކުވެރިކަން މުހިންމުވެއެވެ.
އެމެރިކާގައި އިސްލާމޯފޯބިއާ ފަތުރާ މައިގަނޑު މީޑިއާ ނިޒާމުތައް:
- • ފޮކްސް ނިއުސް (ޔަހޫދީ މާޑޮކް އާއިލާ)
- • ނިއު ޔޯކް ޕޯސްޓް (މާޑޮކް)
- • ދަ ޑެއިލީ ވަޔަރ (ބެން ޝަޕީރޯ، ކޮންޒަވޭޓިވް ޑޯނަރުންގެ އެހީގައި ހިންގާ މީޑިއާ)
- • ބްރައިޓްބާޓް (ކުރިން ސްޓީވް ބެނަން ހިންގި)
- • ސޭލަމް މީޑިއާ ގްރޫޕް (ކްރިސްޓިއަން ކޮންޒަވޭޓިވް ރޭޑިއޯ)
- • ޕްރޭގަރ ޔޫ (ވިލްކްސް ބްރަދާސް އާއި އެހެން ފަރާތްތަކުގެ އެހީގައި ހިންގާ)
- • ބްލޭޒް ޓީވީ (ގްލެން ބެކް)
- މި ވަސީލަތްތަކުން:
• މުސްލިމުންނާ ދެކޮޅު އެއް ވާހަކަތަކެއް ތަކުރާރުކުރެއެވެ.
• އަބަދުވެސް އެ ވާހަކަތައް ރިޕީޓް ކުރުމަށް އެއް "މާހިރުންތަކަކަށް" ދައުވަތުދެއެވެ.
• މުސްލިމުންނާ ދެކޮޅު ތަޞައްވުރއް ކުރަހައި ދެނީ ކުރަހަނީ މައިގަނޑު ގޮތެއްގައި ޓެރަރިޒަމް، ހަމަނުޖެހުން ނުވަތަ ސަގާފީ ނުތަނަވަސްކަމުގެ ތެރެއިންނެވެ.
• މި ފަރާތްތަކުން ގަސްތުގައި މުސްލިމުންގެ ވާހަކަތައް ހިމަނަނީ ވަރަށް މަދުންނެވެ.
މީޑިއާ މިލްކުވެރިކަން މުހިންމުވާ ސަބަބު
މި ޕްލެޓްފޯމްތައް ކޮންޓްރޯލް ކުރަނީ ޒަޔަނިސްޓް ޔަހޫދީންގެ މަދު އަދަދެއްގެ ބިލިއަނަރުންނާއި ސިޔާސީ ފަރާތްތަކުންނެވެ.
އެމީހުންގެ އެޑިޓޯރިއަލް ސިޔާސަތުތަކުން ފެންނަނީ އެމީހުންގެ ސިޔާސީ އަދި މާލީ މަސްލަހަތެވެ.
ބިރުވެރިކަން އުފެއްދުމުގެ ސަބަބުން ބެލުންތެރިން އެއަށް ޝައުގުވެރިވެފައި ތިބެއެވެ.
މީހުންގެ ޝައުގުވެރިކަން އިތުރުވުމުގެ ސަބަބުން އާމްދަނީ އިތުރުވެއެވެ.
އާމްދަނީ އިތުރު ވުމުން މުސްލިމުންނާ ދެކޮޅަށް ފަތުރާ ވާހަކަތައް ދެމެހެއްޓެއެވެ.
މުސްލިމުންނާ ދެކޮޅު ވާހަކަ ފެތުރުމުގައި ހޮލީވުޑްގެ ދައުރު: ތަފާތުކުރުންތައް އާންމުކުރުން
ސޯޝަލް މީޑިއާގެ މާ ކުރިން، ހޮލީވުޑުން ވަނީ މުސްލިމުންނާ ދެކޮޅަށް ބިންގާ އަޅާފައެވެ.
މީޑިއާ ތަޖުރިބާކާރު ޖެކް ޝަހީން ވަނީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ތައްޔާރުކޮށްފައިވާ 300 އަށް ވުރެން ގިނަ ފިލްމު ލިސްޓުކޮށްފައެވެ.
އެފިލްމުތަކުގައި ހިމަނާފައި ވަނީ މުސްލިމުންނަކީ:
- • ޓެރަރިސްޓުން ކަން
- • ހަރުކަށި ފިކުރުގެ މީހުން ކަން
- • އަނިޔާވެރިން ކަން
- • ގާބިލުކަމެއް ނެތް ނުލަފާ ބައެއްކަން
މި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ:
- • ޓްރޫ ލައިސް (True Lies)
- • އެމެރިކަން ސްނައިޕަރ (American Sniper)
- • 24
- • ހޯމްލޭންޑް (Homeland)
- • ރޫލްސް އޮފް އެންގޭޖްމަންޓް (Rules of Engagement)
ނޭދެވޭ ގޮތްގޮތަށް މުސްލިމުން ސިފަކުރުންތަކުގެ ސަބަބުން ބެލުންތެރިންގެ ސިކުނޑީގައި މުސްލިމުންނާ މެދު ނުބައި ތަޞައްވުރެއް އަށަގަންނުވާފައި ވެއެވެ.
ސިޔާސީ ގޮތުން މި ވާހަކަތައް މީހުންގެ މެދުގައި މިއަދު ފަތުރާއިރު އާންމުންގެ ސިކުނޑި ވަނީ މިކަމަށް ހޭނިފައެވެ.
ސިޔާސީ ބޭނުން: އެމެރިކާއަށް އިސްލާމޯފޯބިއާ ބޭނުންތެރިވާ ސަބަބު
އިސްލާމޯފޯބިއާއަކީ ސިޔާސީ ގޮތުން އެމެރިކާއަށް އަގުހުރި އެއްޗެކެވެ. ސަބަބަކީ އެއީ:
- • ވޯޓުލާ މީހުން ގެ ޚިޔާލު އިސްރާއީލަށް ތާއީދު ކުރާ ގޮތަށް ބައްޓަން ކޮށްލެވެއެވެ.
- • އެމެރިކާގެ އިގްތިސާދީ މައްސަލަތަކުން މީހުން ކަސިޔާރުކޮށް ލެވެއެވެ.
- • ބޭރު ގައުމުތަކަށް އަތްގަދަކުރުން ހުއްދަކޮށްދެއެވެ.
- • ސަލާމަތީ ބަޖެޓުތައް ބޮޑުކޮށް އަސްކަރީ އުފެއްދުމާއި ހޭދައަށް ހުއްދަ ދެއެވެ.
- • އެންމެން ގުޅިގެން ކުރިމަތިލާނެ "ދުޝްމަނެއް" އުފައްދައެވެ.
- • ފާރަވެރިވުމުގެ ގާނޫނުތައް ފާސްކުރުމަށް އެހީތެރިވެއެވެ.
- • އިސްރާއީލަށް ސަޕޯޓު ކުރާ ލޮބީ ގްރޫޕްތަކެއް ވަރުގަދަކޮށްދެއެވެ.
މުސްލިމުންނާ ދެކޮޅުވެރި ވިސްނުން ތަރުތީބު ވެގެން އައިގޮތް:
- 1990 ގެ އަހަރުތައް
ހޮލީވުޑްގެ މުސްލިމުން ނުބައި ގޮތަށް ސިފަކުރުންތައް މި ފައްތަރުގައި ވަރުގަދަވިއެވެ.
ތިންކް ޓޭންކްތަކުން މުސްލިމުންނާ ދެކޮޅު ލިޔުންތައް ޝާއިއުކުރަން ފެށިއެވެ. - 2001–2009
9/11 އަށްފަހު މުސްލިމުންގެ ބިރުވެރިކަމަކީ ގައުމީ ސަލާމަތުގެ ވާހަކައަކަށް ވިއެވެ.
މިކަމަށް ކުރާ ހޭދަ އިތުރުވިއެވެ.
މީޑިއާއިން "ޓެރަރިޒަމްގެ މާހިރުން" ހޯދަން ފެށިއެވެ. - 2010–2016
އިސްލާމޯފޯބިއާ ނެޓްވޯކް ރަސްމީ ސިފައެއްގައި ގާއިމުވިއެވެ.
މުސްލިމުންނާ ދެކޮޅު ރިޕޯޓްތަކާއި، ފޮތްތަކާއި، ޑޮކިއުމެންޓްރީތަކުން މާކެޓް ފުރުނެވެ.
ސޯޝަލް މީޑިއާއިން މި ވާހަކަތައް އިތުރަށް ފެތުރިއެވެ. - 2020 ގެ އަހަރުތައް
އިސްލާމޯފޯބިއާއަކީ ދުނިޔެއަށް ފެތުރިފައިވާ ޑިޖިޓަލް އުފެއްދުމަކަށް ބަދަލު ވިއެވެ.
ޚަބަރުތަކުން ދުވަހަކުވެސް ނުފެންނަ ހަގީގަތް
އެމެރިކާގައި، އިސްލާމީ މަރުކަޒުތަކުންނާއި މުސްލިމުންގެ ފަރާތުން ފެންނަނީ މިއާ މުޅިންވެސް އިދިކޮޅު މަންޒަރެކެވެ. އިސްލާމީ މަރުކަޒުތަކަށް އެހީއަށް އެދިގެން އަންނަ މީހުންނަކީ ކޮން ދީނެއްގެ ބައެއްތޯ ބެލުމަކާ ނުލައި އެހީތެރިކަން ފޯރުކޮށްދެއެވެ. މުސްލިމުންނަކީ އެމީހުންގެ ގެތަކަށް އެހެން ދީންތަކުގެ މީހުންނަށް މަރުހަބާ ކިޔާ، ކާންބޯންދީ، އޯގާތެރިކަމާއެކު މެހުމަން ދާރީއަދާކުރާ ބައެކެވެ.
ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ އިސްލާމްދީނަކީ ދުނިޔެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ދީނެކެވެ. ދުނިޔޭގެ ފުރަތަމަ ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތައް އުފެއްދުމުގައި މުސްލިމުންގެ ދައުރު ވަރަށް ބޮޑެވެ. މިއަދުވެސް ގިނަ އަދަދެއްގެ މުސްލިމް ނޫން މީހުން އިސްލާމްދީނާއި ސަގާފަތް ދަސްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.






