ނަތަންޔާހޫ ހަސްފަތާލަށް ގެންގޮސްފި. އެކަމަކު އެހާ ފަސޭހައިން މަރެއް ނުވާނެ!

ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭގެ ވަގުތެއްގައި ގުދުސްގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށައިފި ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްކޮށްފިއެވެ.

ނަތަންޔާހޫގެ އޮފީހާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ދަތެއްގައި ރިއްސާތީ ނުނިދިގެން ހޭރެމުން ދިއުމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ އަކީ ވޭން ދެނިވި ކުދި ކުދި ކަންތައްތަކުން މަރުގަންނަވާނެ މީހެކެވެ! މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އޭނާގެ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދާފައެވެ. މިހާރުވެސް އެކަމުގެ ވޭން އޭނާ ތަހައްމަލު ކުރަމުން ދެއެވެ. އަދުި ތަދުކަނޑުވުމަށް ބާރުގަދަ ބޭސްތައް ކަމުން ދެއެވެ. އޭނާގެ ސިއްހަތާ ބެހޭ ރިޕޯޓްތައް ހޯދަން އެދުމުްނ ހަނގުރާމައާ ހެދި ކަމަށް ބުނެ ވަނީ ސިއްރުކޮށްފައެވެ.

އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އެ ކަލޭގެ މަރުވިކަމަށްވެސް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައިވެއެވެ. އަދި އިސްރާއީލުގެ އެތެރޭގައާއި ބޭރުގައިވެސް އޭނާގެ ސިއްހީ ހާލަތާ މެދު ތަފާތު ޝައްކުތައް ވަނީ އުފެދިފައެވެ.

މީގެ ކުރިންވެސް ނަތަންޔާހޫ ވަނީ ސިއްހީ އެކި މައްސަލަތަކުގައި ހޮސްޕިޓަލުން ފަރުވާ ހޯއްދާފައެވެ. އެގޮތުން 2024 ވަނަ އަހަރު ހާނިއާ އޮޕަރޭޝަނެއް ކުރިއެވެ.، 2023 ވަނަ އަހަރު ވަނީ ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް ޕޭސްމޭކަރެއް ލައްވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ގޮހޮރުގެ ބައްޔަކަށްވެސް ފަރުވާ ހޯދައި ގޮހޮރުން ބައެއް ވަނީ ބުރިކޮށްފައެވެ.

މީނާގެ ކުރިން ވޭން ދެނިވި ގޮތަކަށް މަރު ގެންނެވި މީހަކީ ސަބްރާއާއި ޝަތީލާގެ ގަތުލުއާންމުގެ މޭސްތިރި އެރިއެލް ޝަރޯން އެވެ. އޭނާވެސް 8 އަހަރު ވަންދެން މަރުގެ ސަކަރާތުގައި އޮތެވެ. އޭނާގެ ހަށިގހަނޑު ހަސްފަތާލުގައި އޮތްވައި ކުނިވެ ފުޅައަޅައިގެން ވަސްނުބައިވެ ހަސްފަތާލު މީހުންނަށް ކެތް ނުވެގެން އޭނާ ގެއަށް ބަދަލު ކުރިއެވެ. އޭނާ މަރުވީވެސް އެއަށްފަހުވެސް އެތައް އަހަރެއް ފަހުންނެވެ!

އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ. (އިބްރާހީމް: 42)

ހިއްސާ ކުރައްވާ!