ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާގެ ސިފައިން އީރާނުގެ ބަންދަރު އައްބާސްއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާގެ ވައިގެ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.
މި ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ސިފައިންގެ ޖެނެރަލް ސްޓާފުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުތަކުން މިހާރު ދަނީ ދުޝްމަނުންގެ މިސައިލް އަދި ޑްރޯން ހަމަލާތަކަކަށް ރައްދުދެމުންނެވެ.
މިއީ ހަމަޖެހުން ގާއުިމް ކުރުމަށް ބޭނުންވާ ކަމަށް ދަޅަ ދެއްކުމަށްފަހު ތްރަމްޕް އަލަށް ފަށާފައިވާ އުދުވާނެކެވެ.
ކުވެއިތުގެ ސިފައިން އިތުރަށް ބުނެފައިވަނީ، ގޮވާ އަޑުތަކެއް އިވޭނަމަ އެއީ ދުޝްމަނުންގެ ހަމަލާތައް ދިފާއީ ނިޒާމުތަކުން ހުއްޓުވުމުގެ ސަބަބުން އިވޭ އަޑުތަކެއް ކަމަށެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް ދީފައިވާ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






