އިންޑިއާގެ އިރުމަތީ ކޮލްކަޓާގައި ބަހައްޓާފައި ހުރި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ބޮޑު ބުދެއް ވަޔާ ހޫރޭތީ، އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އެ ބުދު އޮބިއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ގާތްގަނޑަކަށް 70 ފޫޓު އުސްމިނުގައި ހުރި މި ބުދު ވަޔާ ހޫރޭކަމުގެ ޝަކުވާ އެ ސަރަހައްދުގެ ރައްޔިތުން ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ބުދު އެއް ފަރާތަކަށް ލެނބިގެން ނުވަތަ ވެއްޓިދާނެތީ ވަރުގަދަ ވާތައް ބޭނުންކޮށްގެން އެ ބުދު އޮބިއެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސަރަހައްދީ އިދާރާތަކުން ބުނެފައިވަނީ މި ބުދަކީ ވަރަށް އުސްކޮށް ހަދާފައިވާ އެއްޗަކަށް ވުމުން، ގަދަ ވަޔާއެކު އެއަށް ލޮޅުން އަރަމުންދާ ކަމަށެވެ. އެހެންކަމުން އާންމުންގެ ސަލާމަތަށްޓަކައި ބުދު އެއްކޮށް ހަރުކޮށް މަސައްކަތް ނިމެންދެން އެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.







