ސޮލީބީ ސަހުޔޫނީ އުދުވާނީ ހަނގުރާމައިގައި އީރާނުގެ ޝަޚުސިއްޔަތުތަކުގެ ތެރެއިން ވިދާލި ތަރިއަކީ ޑރ. ހަސަން އަހްމަދިޔާން އެވެ، އަލްޖަޒީރާގައި އޭނާގެ ބަލާޣާތްތެރި ސާފު މައް އަރަބި ބަހުން މޮށި ވަޑައިގަތުމުން އަރަބިންވެސް ހައިރާން ކޮށްލައެވެ. އޭނާއަކީ، ޔުނިވަރސިޓީ އޮފް ތެހްރާންގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ދިރާސާތަކާ ބެހޭ ޕްރޮފެސަރެކެވެ. އަދި ހާވާޑް ޔުނިވަރސިޓީގެ ބެލްފަރ ސެންޓަރުގެ ކުރީގެ ފެލޯ އެކެވެ.
ޑރ. ޙަސަން އަޙްމަދިއާން ވަނީ އީރާނާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލުމުގައި އެހީތެރި ވެއްދެއްވައި ސޮލީބީ ސަހުޔޫނީން އީރާނާ ދެކޮޅަށް ގެނަސްދިން ނުބައި ތަސައްވުރު ބަދަލުކޮށް ދެއްވާފައެވެ. އަދި އޭނާ ވަނީ މެދުއިރުމަތީގެ އީރާ ދެކޮޅު ސިޔާސީ ހާސަރުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަވަން ފަށްޓަވާފައެވެ. އޭނާގެ ތޫނުފިލި ދިރާސާތަކާއި މީޑިއާގައި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، އަރަބި ބައެއް ގައުމުތަކުން ސަރަޙައްދީ ސަލާމަތާއި މިނިވަންކަމާ ބެހޭގޮތުން ފަތުރަމުންދާ ކުށްހީތަކާއި އާންމުވެފައިވާ ފަލްސަފާތައް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މުއައްސަސާތަކުގެ ބަލިކަށިކަމަށް ފާޑުވިދާޅުވުން
ޑރ. އަޙްމަދިއާންގެ އިލްމީ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ އަރަބި ބައެއް ސަރުކާރުތަކުން އެމެރިކާއަށް ބަރޯސާވެ އަރަބި އިންސާނާއާއި ގައުމު ބިނާ ކުރުމުމާއި ސަލާމަތާއި ދައުލަތް ހިންގުމުގައި ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވުމެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި، ގިނަ ގައުމުތަކުން އިގްތިސާދީ އަދި އިޖުތިމާއީ ބިންގާ ވަރުގަދަކުރުމުގެ ބަދަލުގައި ބަރޯސާވަނީ ހަމައެކަނި ސޮލީބީ އެމެރިކާއާއި ސަހުޔޫނީ ޖެނޮސައިޑް ރެޖީމްގެ އެހީގައި ސަލާމަތީ ބާރުތަކުގެ ވަރުގަދަކަމުގެ މައްޗަށެވެ. މީގެ ސަބަބުން ގައުމުތަކުގެ އެތެރޭގައި އުފެދޭ ހުސްކަމަކީ ހަރުކަށި ފިކުރުތަކަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ސަރަޙައްދީ ފެންވަރުގައި ޑރ. އަޙްމަދިއާން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު އީރާނާ ދެކޮޅަށް އުފައްދަން އުޅޭ "އަރަބި ނޭޓޯ" ގެ ފަލްސަފާ ބާތިލުކޮށްފައެވެ. އޭނާ ވަކާލާތު ކުރައްވާ ގޮތުގައި މިފަދަ އިއްތިހާދުތަކަކީ ބޭރުގެ ބާރުތަކަށް (އެމެރިކާ އަދި އިސްރާއީލަށް) މާބޮޑަށް ބަރޯސާވެފައިވާ، އަދި ގައުމުތަކުގެ މެދުގައި އޮތް މަސްލަހަތު ތަފާތުވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ބަލިކަށި އިއްތިހާދުތަކެކެވެ.
ސަރަޙައްދީ މިނިވަންކަމުގެ އަޑު
އަލްޖަޒީރާ ފަދަ ބައިނަލްއަގުވާމީ މީޑިއާ މންސަތަކުގައި ޑރ. އަޙްމަދިއާން ދައްކަވާ ވާހަކަފުޅުތަކުން، ސަރަޙައްދީ ހަމަނުޖެހުންތަކުގެ އަސްލަކީ ހަމައެކަނި އީރާނުގެ ނުފޫޒު ކަމަށް ބުނާ ބުނުމަށް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ސަރަޙައްދީ ހަމަނުޖެހުންތަކަށް މަގުފަހިވަނީ އަރަބި ގައުމުތަކުން ސޮލީބީ އެމެރިކާއާއި ސަހުޔޫނީ ޖެނޮސައިޑް ރެޖީމާ ގުޅުން ބަދަހިކޮށް، އެފަރާތްތަކަށް ސަރަޙައްދީ ކަންކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމުންނެވެ.
ޑރ. އަޙްމަދިއާންގެ ދިރާސާއެއްގައި ވިދާޅުވެފައިވަނީ،"އަރަބި ބިންތައް އާ ދައުލަތްތަކަކަށް ބަހާލުމުން، ގައުމީ ވަންތަކަން އުފެއްދުމަށް ވެރިންނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި… މީގެ ސަބަބުން ގައުމީ އަދި ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މިނިވަންކަން ސަރުކާރުތަކުގައި ނެތް ކަމުގެ އިހުސާސް އުފެދޭ،" ކަމަށެވެ.
ޑރ. ޙަސަން އަޙްމަދިއާން ވަނީ ހުޅަނގުގެ އަދި ހުޅަނގުން ވަސްވާސް ލިބިގެން ތިބި މުހައްލިލުން މެދުއިރުމަތީގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގޮތް މުޅިން ބަދަލުކޮށްލާފައެވެ. އޭނާގެ މަސައްކަތްތަކުން ބާރުއަޅަނީ ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަޙައްދީ މިނިވަންކަން ދަމަހައްޓައި ސައިންޓުިފިކް ބިންގަލެއް ގާއިމްކޮށް އަރަބިން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިއީ މެދުއިރުމަތީގެ މުސްތަގުބަލަށް އާ ނަޒަރިއްޔާތަކުން ބަލާލުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.






