ތިން މަސްވީ ހަނގުރާމައިގެ އަގު ދައްކަނީ އާންމުން، މި ހަނގުރާމަ ހުއްޓާލަންޖެހޭ: ޒަހުރާން މަމްދާނީ

އެމެރިކާ ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒަހުރާން މަމްދާނީ ގޮވާލައްވައިފިއެވެ. އޭނާ މިކަމަށް ގޮވާލެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރު ޒަހުރާން މަމްދާނީ ވިދާޅުވީ މީގެ ތިން މަސް ކުރިން ފެށިގެންދިޔަ މި ހަނގުރާމައަކީ އެއްވެސް ބަޔަކު ވޯޓު ދީގެން ނިންމި ކަމެއް ނޫން ކަމަށާއި، ނަމަވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުގެ އަގު ދައްކަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. "މި ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަޅުގަނޑު ހުރީ މި ހަނގުރާމައާ ދެކޮޅަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަމްދާނީ ފާހަގަކުރެއްވި ގޮތުގައި ކޮންގްރެސްގެ އެއްވެސް ހުއްދައެއް ނެތި ފެށި މި ހަނގުރާމައިގެ ސަބަބުން އާންމުންގެ ބަޖެޓަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ވަކިން ހާއްސަކޮށް އެމެރިކާގައި ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވަނީ މި ހަނގުރާމައިގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!