2023 ވަނަ އަހަރުން ފެށިގެން ފަޅަށް ހުރުމަށްފަހު، ފްރާންސް ސަރުކާރުން ވަނީ ކޭންސްގެ ކުރީގެ ޖަލު ވިއްކާލުމަށް އިއުލާން ކޮށްފައެވެ. ނޯމަންޑީގެ ކުރީގެ ޖަލުގެ ސަރަހައްދު ކައިރީގައި ދިރިއުޅޭ ރައްޔިތުން ވަނީ އެ އިމާރާތް އެއްކޮށް ތަޅާނުލުމަށް ގޮވާލައި އެއްވެފައެވެ. މޭ މަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މިތަން ގަންނަ ފަރާތްތަކަށް ޝަރުޠުކޮށްފައިވަނީ މި ތާރީޚީ އިމާރާތް ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދިނުމަށެވެ.
ރާންސް ސަރުކާރުގެ ބައެއް ބިންތަކާއި އިމާރާތްތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ ރިއަލް އެސްޓޭޓް ވެބްސައިޓުގެ އެންމެ ކުރީގައި މި އިޢުލާން ފެންނަން އެބައޮތެވެ.
މި ޖަލަކީ، 1899 އާއި 1904 އާ ދެމެދު އެ ސިޓީގެ ހުޅަނގުން ދަނޑުތަކެއްގެ މެދުގައި ބިނާކުރެވުނު، 270 ގައިދީންގެ ޖާގައިގެ ޖަލެކެވެ. މި ޖަލަކީ ވަރަށް ބޮޑަށް ބާވެ، ކުރިން ތޮއްޖެހިފައި އޮތް ތަނެކެވެ. ފަހުން ސިޓީ ބޮޑުވަމުން ގޮސް އެތަން ވަނީ ރަށުގެ މީހުންގެ ދިރިއުޅޭ އަވަށްތަކުގެ ތެރެއަށް ވަދެފައެވެ. ޑިސެމްބަރު 2023 ގައި އެތަނުގައި ތިބި އެންމެ ފަހުގެ ގައިދީން 8 ކިލޯމީޓަރު ދުރުގައި ހަދާފައިވާ އާ 'ކޭން-އިފްސް' ޖަލަށް ބަދަލުކޮށް، އެތަން ވަނީ މުޅިން ހުސްކޮށްފައެވެ.
މިއީ ހިލައިން ސޮލީބެއްގެ ބައްޓަމަށް ހަދާފައިވާ ބިނާއެކެވެ.






