ޓްރަމްޕާ ހެދި ހަނޑުލުގެ އަގު ބޮޑުވެއްޖެ

އޭޝިއާގެ ބާޒާރުގައި ހަނޑުލުގެ އަގު ވަނީ ފާއިތުވި ގާތްގަނޑަކަށް ދެ ދަހަރަހެއްގެ ތެރޭގައިވެސް އެންމެ ބޮޑުވާ ވަރަށ ްމައްޗަށް ގޮސްފައެވެ. މޫސުމީ ނުރައްކާތަކާއި ޓްރަމްޕްގެ ގެއްލުން ދެނިވި ހަނގުރާމައާ ގުޅިގެން ހަކަތައާއި ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން އުފެއްދުންތެރިކަމަށް ކުރِމަތިވެފައިވާ ގޮންޖެހުންތަކާއެކު، އަގުތައް އަދِވެސް މައްޗަށް ދިއުން އެކަށީގެންވެއެވެ.

އޭޝިއާގެ މައިގަނޑު މިންގަނޑެއް ކަމަށް ބަލާ ތައިލެންޑުގެ ހުދު ހަނޑުލުގެ އަގު މޭ މަހު ވަނީ 20% މައްޗަށް ގޮސްފައެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ހިސާބުތައް ބަލާން ފެށިފަހުން މަހެއްގެ ތެރޭގައި އަގު އެންމެ ބޮޑުވި ފަހަރެވެ. މީގެއިތުރުން، މި މަހު ޗިކާގޯ މާރކެންޓައިލް އެކްސްޗޭންޖްގައި ހަނޑުލުގެ ފިއުޗާސް ގެ އަގުތައްވެސް ވަނީ 15% މައްޗަށް ގޮސްފައެވެ.

ފިޗް ސޮލިއުޝަންސް ގެ ދަށުން ހިންގާ "ބީއެމްއައި" ގެ ކޮމޮޑިޓީ އެނަލިސްޓެއް ކަމަށްވާ ބިން ހުއި އޮންގް ވިދާޅުވީ، އަގުތައް އަދިވެސް ދާނީ މައްޗަށް ކަމަށެވެ. އޭނާ ވަނީ މި މަހުގެ ކުރީކޮޅު ޗިކާގޯގެ ފިއުޗާސް މާކެޓުގެ އަންދާޒާތައް މަތިކޮށްފައެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި، އޭޝިއާގެ ބައެއް ސަރަހައްދުތަކަށް މާ ހޫނުގަދަ އަދި ހަނަފަސް މޫސުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ "އެލް ނީނިއޯ"ގެ އަސަރަކީވެސް އަގުތައް އިތުރަށް މައްޗަށް ދިއުމަށް މެދުވެރِވާނެ އިތުރު ސަބަބެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަނޑޫ އެތެރެކުރާ ގައުމު.. ފިލިޕީންސުން ހަނޑޫ ގަތުން 60 ދުވަހަށް މެދުކަނޑާލައިފި

ހުރުމުޒު ކަނޑުއޮޅި ބަންދުވުމާ ގާތްވެފައިވުމުގެ ސަބަބުން ތެލާއި ގަސްކާނާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވަމުންދާތީ، އިމްޕޯޓަށް ބަރޯސާވާ އޭޝިއާގެ އެކި ކޮޅުތަކުގެ ދަނޑުވެރިން ދަނީ އުފެއްދުމުގެ ބޮޑު ޚަރަދަކާ ކުރިމަތިލާން ތައްޔާރުވަމުންނެވެ.

މީގެ އަސަރު މި ސަރަހައްދުގެ އިގްތިސާދުގެ މައިގަނޑު އަސާސެއް ކަމަށްވާ ހަނޑޫ އުފެއްދުމަށް ކުރަން ފަށާފާނެއެވެ. ހަނޑުލަކީ މި ސަރަހައްދުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެ މުހިންމު ބަހާއެވެ. އަދި ތައިލެންޑް، ވިއެޓްނާމް އަދި އިންޑިއާއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ގިނައިން ހަނޑޫ ފޮނުވާ ގައުމުތަކެވެ.

ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން އުފެއްދުންތެރިކަމަށް ނުރައްކާވެފައި

ގިނަ ސަރަހައްދުތަކެއްގައި މައިގަނޑު ދަނޑުވެރިކަމުގެ މޫސުން ފެށުނުއިރު، ބައެއް ދަނޑުވެރިންނަށް ވަނީ މި މުހިންމު ބާވަތް އިންދުން ކެންސަލްކުރަން ނުވަތަ ފަސްކުރަން މަޖުބޫރުވެފައެވެ.

  • އިންޓަރނޭޝަނަލް ރައިސް ރިސާޗް އިންސްޓިޓިއުޓް އާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ފެބްރުއަރީ މަހު ޓްރަމްޕްއާއި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހަނގުރާމަ ފެށުނު ފަހުން ތައިލެންޑް، ކެމްބޯޑިއާ އަދި ފިލިޕީންސްގައި ނައިޓްރޯޖަން ގަސްކާނާގެ އަގުތައް ވަނީ 40% އާއި 50% އާ ދެމެދުގެ މިންވަރަކަށް ބޮޑުވެފައެވެ.
  • އެ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިއެއް ކަމަށްވާ އަލީޝާ މިރްޒާބަޔޭވް ވިދާޅުވީ، މާރިޗުން މޭ މަހުގެ ނިޔަލަށް ގައުމުތަކުގައި ފުދޭވަރަކަށް ރިޒާވް ހުރި ނަމަވެސް، ގަސްކާނާގެ އަގުތައް އާދައިގެ މިންވަރަކަށް ދަށްނުވެއްޖެނަމަ، ސަޕްލައިގެ ދަތިކަން ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ.
  • އޭޝިއާގެ އުފެއްދުންތެރިކަމުން ދަށްވާ ކޮންމެ މިންވަރެއްގެ އަސަރު މުޅި ދުނިޔޭގެ ސަޕްލައިއަށް ކުރާނެއެވެ. ފިލިޕީންސުން މިހާރުވެސް ވަނީ، ވަރުގަދަ "އެލް ނީނިއޯ" އެއްގެ ސަބަބުން ހަނޑޫ އުފައްދާ މިންވަރުން 700،000 ޓަނު ދަށްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ އަހަރީ އަމާޒުގެ 3.5% އެވެ.
ހިއްސާ ކުރައްވާ!