ޓްރަމްޕް އާއިލާގެ މީގޮނެއް މިސްރުން ފެނިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވައްތަރު ގޮތެއް ހުރުމުން "ޓްރަމްޕް މީގޮނެއް" މިސްރުގެ އަވަށަކުން ފެނި، ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ.

މި ބާވަތުގެ ގެރިއެއް އެންމެ ފުރަތަމަ ފެނިގެން ދުނިޔޭގެ ސަމާލުކަމަށް އައީ ބަންގްލަދޭޝްއިންނެވެ. އޭގެ ސިފަ އެމެރިކާގެ ރައީސްއާ ވައްތަރުވުމުން ގިނަ ބަޔަކު އެކަމާ ހައިރާންވެ، ސޯޝަލް މީޑިއާގައި އޭގެ ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވިއެވެ. އަދި ބަންގްލަދޭޗް ސަރުކާރުން ވަނީ ހަސަބާއި ނަސަބުގެ ގޮތުން އެހާމުހިންމު މީގޮނެއް ކަތިނުލާން ވެގެން އެ ސޮރު ޒުލުގައި ބާއްވާފައެވެ.

މިސްރުގައި އަޟްޙާ އީދާ ދިމާކޮށް އުުަޟްހިޔާ ކަތިލުމުގެ ތައްޔާރީތައް ވަމުންދަނިކޮށް، މިފަދަ މީގޮނެއް ފެނިފައިވަނީ މިސްރުގެ އުތުރުގައި އޮންނަ ދަގަހްލިއްޔާ ގަވަރްނޮރޭޓްގެ ޖަނަވާރު ކަތިލާގެއަކުންނެވެ. ދަގަހްލިއްޔާގެ އަވަށުގެ ކަތިލާގެއިން ނަގާފައިވާ ވީޑިއޯތަކަށް ސޯޝަލް މީޑިއާގެ މަންސަތަކުގައި ބޮޑު ތަރުހީބެއް ލިބި، ގިނަ ބަޔަކު ދަނީ އެ ވީޑިއޯތައް ހިއްސާކުރަމުންނެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ކައިރީގައި އޮންނަ ނަރަޔަންގަންޖް ސަރަހައްދުގެ ފާމެއްގައި ބޮޑުކުރި ޓްރަމްޕް މީގޮނުގެ ބަރުދަނުގައި ގާތްގަނޑަކަށް 700 ކިލޯ ހުރެއެވެ.

ހިއްސާ ކުރައްވާ!