ޣައްޒާގެ މަސްރަހު އިތުރަށް ގޯސްވަމުންދިއުމަކީ މިހާރު ކުރިއަށްދާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، މިސްރުން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި މިފަދަ ނުރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ކަމަށް މިސްރުން ބުނެއެވެ.
| މިސްރުގ ބަޔާނުގެ މުހިންމު ނުކުތާތައް |
| * ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ފުޅާކުރުމަކީ ހަމައެކަނި އެއްބަސްވުމަށް ބުރޫއަރާނެ ކަމެއް ނޫން. |
| * މިއީ މުޅި ސަރަހައްދުގެ މަސްރަހު އިތުރަށް ހަލަބޮލިވެ، އާންމު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވެގެންދާނެ ކަމެއް. |
މިސްރަކީ ފަލަސްތީނާއި ޔަހޫދީ ޖެނޮސައިޑް ރެޖީމާ ދެމެދު ސުލްހަ ގާއިމުކުރުމަށާއި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތައް މެދުވެރިއެއްގެ ރޯލުން ވިލަރެސްކުރާ އެންމެ މުހިންމު އެއް ގައުމެވެ.






