ނަތަންޔާހޫގެ އަންހެނުން ޒުވާބުކޮށް މަގުމަތީގައި މާރާމާރީ ހިންގައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫގެ ރަސްމީ ކާރުގެ ޑްރައިވަރު ލަސްވުމުގެ ސަބަބުން، މަގުމަތީގައި ބޮޑު ޑްރާމާއެއް ހިންގައި މާރާމާރީން ހިންގުމާ ގުޅިގެން އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ ޖާސޫސީ އިދާރާ "ޝާބާކް" އިން އެތެރޭގެ ޚާއްޞަ ތަހުގީގެއް ފަށައިފިއެވެ.

ޔަހޫދީ ރެޖީމްގެ ބޮޑުވަޒީރުގެ ރަސްމީ ގޭގެ ކައިރީގައި އޮންނަ "ޣައްޒާ މަގު" ސަރަޙައްދުގައި ތިބި މީހުން ބުނި ގޮތުގައި، ޑްރައިވަރު ލަސްވުމުން ސާރާ ނަތަންޔާހޫ ވަނީ މަގުމައްޗަށް ނުކުމެ ފޯނުން ވަރަށް ބާރަށް ހަޅޭއްލަވައި ހުތުރު ބަހުން އަޑުގަދަ ކޮށް ހަޅޭއްލަވާފައެވެ.

ޑްރައިވަރު ނައުމުން މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައި އެއަށް އަރަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޝާބާކްގެ ވީއައިޕީ ސެކިއުރިޓީ ސިފައިން ވަނީ ވަގުތުން އެކަމުގެ ތެރެއަށް ވަދެ، އެ ޓެކްސީ ހުއްޓުވާފައެވެ. ސަބަބަކީ ސާރާ ނަތަންޔާހޫއަކީ ދައުލަތުން ޚާއްޞަ ޙިމާޔަތް ދީފައިވާ މީހަކަށް ވެފައި، ހުއްދަ ނެތް އާންމު އުޅަނދެއްގައި ދަތުރުކުރުން ގާނޫނުން އޭނާއަށް މަނާވުމެވެ.

މަގުމަތީގައި ޒުވާބުކޮށް މާރާމާރީ ހިންގަން އުޅެ އެތައް މިނެޓެއް ވަންދެން ހަޅޭއްލެވުމަށްފަހު، ރަސްމީ ކާރުގެ ޑްރައިވަރު އެ ސަރަޙައްދަށް އައުމުން ސާރާ ވަނީ އެ ކާރަށް އަރައިގެން ދަތުރު ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މި ހާދިސާ މިހިސާބުން ނިމުމަކަށް ނައެވެ. ސާރާ ނަތަންޔާހޫ އެދުމުގެ މަތިން ބޮޑުވަޒީރުގެ އޮފީހުން ވަނީ ޝާބާކް އިދާރާއަށް ވަރަށް ހަރުކަށި ޝަކުވާއެއް ހުށަހަޅައި، މިކަން ވަގުތުން ބެލުމަށް އެދިފައެވެ.

ބޮޑުވަޒީރުގެ އޮފީހުން ފޮނުވި ޝަކުވާގައި ޒަޔަނސިްޓު ސްޓައިލަށް ސާރާ އަކީ ވިކްޓިމެއް ކަމަށް ދައްކަމުން ބުނެފައިވަނީ، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިންނާއި ބޮޑީގާޑުންނަށް އެރި ބޮޑު އޮޅުމެއްގެ ސަބަބުން، ވެރިރަށުގެ މެދުތެރޭގައި ސާރާ ނަތަންޔާހޫގެ ފުރާނައަށް ސީދާ ނުރައްކާވެ، އޭނާގެ ސަލާމަތްތެރިކަން ގެއްލުނު ކަމަށެވެ.

ޝަކުވާއާ ގުޅިގެން ޝާބާކުން މިހާރު ދަނީ ޑްރައިވަރު ލަސްވާން ދިމާވި ސަބަބާއި، އެ ވަގުތު ސަލާމަތީ ޓީމުން އަމަލުކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!