އިސްރާއީލުން ހިފާފައިވާ ގުދުސްގެ ބިންގަނޑު ކޮނުމުގެ މަސައްކަތްތަކެއް ފަށައިފި

އިސްރާއީލުގެ ސަހުޔޫނީ ޖެނޮސައިޑް ބާރުތަކުން، ހިފާފައިވާ ގުދުސްގެ އިރުދެކުނުގައި އޮންނަ އިރާޤު އައްދައިރު ސަރަޙައްދުގެ ބިންގަނޑު އެއްވަރުކޮށް، ފުޅާދާއިރާއެއްގައި ކޮނުމުގެ ބޮޑު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފަލަސްޠީނުގެ ރަސްމީ ޚަބަރު ފަތުރާ އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުން ކުރިއަށްގެންދާ މި ބިންކޮނުމުގެ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށް ގެންގުޅޭ އިސްތިޢުމާރީ ސިޔާސަތުގެ ދަށުން ހިންގާ އަމަލުތަކެކެވެ.

ގުދުސްގެ ގަވަރުނަރުގެ އިދާރާއިން ވަނީ ޖެނޮސައިޑް ޒަޔަނިސްޓު ރެޖީމްގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަޤްވާމީ މުޖުތަމައަށް އިންޒާރުދީފައެވެ. ގަވަރުނަރޭޓުން ބުނި ގޮތުގައި، މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ޖެނޮސައިޑް ޒަޔަނިސްޓު ރެޖީމުގެ ބާރު ފުޅާކުރުމަށް މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މިފަދަ ހަރުކަށި އަމަލުތަކުގެ ބޭނުމަކީ، ބިމުގެ ހަގީގީ މަލަމަތި ބަދަލުކޮށް، ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ ބާރުވެރިކަން އޮތްކަން ދެއްކުމަށްޓަކައި ބިމުގެ މަތީގައި އައު "ހަގީގަތްތަކެއް" މަޖުބޫރުން ގާއިމުކުރުން ކަމަށްވެސް ގަވަރުނަރުގެ އިދާރާއިން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!