އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ފޭރިގެންފައިވާ އީރާނުގެ ފައިސާ ދޫކުރާނީ ދެ ޤައުމުގެ މެދުގައި ރަސްމީ އެއްބަސްވުމަކަށް އާދެވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް އައިސް ވައުދުތަކަށް ބޯލަނބަން ފެށުމުން ނޫނީ އިޤްޠިޞާދީ އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ.
މީގެ އިތުރުން، އީރާނާއެކު ހަދާ ކުރު މުއްދަތުގެ އެއްބަސްވުމެއްގައި ލުބުނާނު ހިމެނުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވަނީ ސާފުކޮށްދެއްވާފައެވެ.
އީރާނުން ބުނާ ގޮތުގައި ޓްރަމްޕަކީ ބަހާއި އަމަލު ދިމާނުވާ ފާސިގެކެވެ.، އެހެންވެ އޭނާއާއެކު އެއްބަސއްވުމެއް ހަދައިފިނަ އެއަށް އޭނާއާއި އޭނާގެ ޒަޔަނިސްޓުން ބައިވެރިން އިޙުރިތާމް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ބުނެއެވެ.
އެމެރިކާ އާއި ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމު ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތަކަށްފަހު، މެދުއިރުމަތީގެ މަސްރަޙް ފިނިކުރުމަށްޓަކައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އީރާނުން ދަނީ ވާހަކަތައް ދައްކަމުންނެވެ.
ޓްރަމްޕް ބޭނުންވަނީ އައު އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުން ނުވަތަ ގަތުން މުޅިން މަނާކުރުމަށެވެ. މިއީ އީރާނުގެ ސިޔާދަތަށަ އަަރައި ގަތުމެއް ކަމަށާއި މީގެ ކުރިން އެމެރިކާއިން މިމަގުން ހިނގަން މަޖުބޫރު ކުރި އިރާގާއި ލީބިޔާއާއި ސޫރިޔާގެ މިސާލަކީ އީރާނަށް ފުދޭ މިސާލުތައް ކަމަށް އީރާނުން ބުނެއެވެ.
އަދި އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އީރާނުގައި ހުރި މަތީ ދަރަޖައަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްތައް ނައްތާލުމަށް އެމެރިކާގެ އަސްކަރީ ވަސީލަތްތައް ބޭނުންކޮށްގެން އީރާނާއެކު މަސައްކަތްކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ޑިޕްލޮމެޓިކް ވާހަކަތައް ނާކާމިޔާބުވެއްޖެ ނަމަ، އަސްކަރީ ގޮތުން ވަރަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
އީރާނުން ބުނަނީ އެގައުމުން އޮތީ ސިޔާދަތު ހިމާޔަތް ކުރުމަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރުމަށް ތައްޔާރީ ހާލަތުގައެވެ.
މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އީރާނުގެ ޔުރޭނިއަމް އެހެން އެއްވެސް ޤައުމަކަށް ބަދަލުނުކުރާނެ ކަމަށާއި، އެފަދަ ވާހަކައެއް މަޝްވަރާތަކުގައިވެސް ދެކެވިފައިނުވާ ކަމަށެވެ.
އދ ގެ ނިއުކްލިއަރ އިދާރާ އިން ލަފާކުރާގޮތުގައި އީރާނުގައި 60 އިންސައްތައަށް ފައްކާކޮށްފައިވާ 440 ކިލޯގްރާމްގެ ޔުރޭނިއަމް ހުއްޓެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކަށްފަހު، އެ ތަކެތި ހުރިތަނެއް މިހާރު ސާފެއް ނޫނެވެ.



