PressTV
PressTV

އެމެރިކާގެ އެދުމަށް ނަތަންޔާހޫ "އެއްބަސްވެއްޖެ": އީރާނަށް ދޭން އުޅުނު ހަމަލާ ފަސްކޮށްފި

އީރާނުން ދިން އަސްކަރީ ހަމަލާއަށް ރައްދު ދިނުން މަދު ދުވަސްކޮޅަކަށް ފަސްކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތް އެދުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "އެއްގޮތަކަށް" ނުވަތަ "ވަކިވަރަކަށް" އެއްބަސްވެއްޖެ ކަމަށް ޖެނޮސައިޑް ރެޖީމްގެ މީޑިއާ ރިޕޯޓްކޮށްފިއެވެ.

ޖެނޮސައިޑް ރެޖީމްގެ "ޗެނަލް 12″ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަން ހާމަވެފައިވަނީ ރައީސް ޓްރަމްޕާއި ބޮޑުވަޒީރު ނަތަންޔާހޫއާ ދެމެދު ދެކެވުނު ފޯނު ކޯލެއްގެ ތަފްޞީލު ދަންނަ އެމެރިކާގެ އިސް އޮފިޝަލަކާއި ޖެނޮސައިޑް ރެޖީމްގެ އިތުބާރު ހުރި މަޞްދަރަކުން ދިން މަޢުލޫމާތުންނެވެ.

އެމެރިކާގެ އިސް އޮފިޝަލް ހާމަކުރެއްވި ގޮތުގައި، ރައީސް ޓްރަމްޕް ވަނީ އީރާނާއެކު ސިޔާސީ އެއްބަސްވުމަކަށް ނުވަތަ "ޑީލް" އަކާ ދިމާއަށް ދުނިޔެ ވަރަށް ބޮޑަށް ކައިރިވެފައިވާ ކަމަށް ނަތަންޔާހޫއަށް ވިދާޅުވެފައެވެ. އަދި މި މަޝްވަރާތައް ކުރިއަށްދިޔުމަށް ފުރުޞަތު ދިނުމުގެ ގޮތުންނާއި، އެކަމަށް ހުރަސްނޭޅުމަށްޓަކައި އިތުރު މަދު ދުވަސްކޮޅެއްގެ މުހުލަތެއް ދިނުމަށް ޓްރަމްޕް އެދިވަޑައިގަތެވެ.

މަޞްދަރުތަކުން ބުނާގޮތުގައި، ފޯނު ކޯލުގެ ތެރޭގައި ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ވިސްނުންފުޅާ މެދު ކަނބޮޑުވުން ފާޅުކޮށް، އީރާނާ މެދު އެހެން ފިޔަވަޅެއް އެޅުމަށް ޓްރަމްޕަށް ވިސްނައިދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ދެ ވެރިންގެ ސައްލާއަށް ފަހު، އެންމެ ފަހުން ރައީސްގެ އެދުމަށް "އެއްގޮތަކަށް" ނަތަންޔާހޫ ދޫދޭން މަުބޫރުވީއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ރައީސް [ޓްރަމްޕް] އިތުރު ވަގުތު ހޯއްދަވައިފި ކަމަށް. އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް. އެހެންކަމުން، މިހާރުން މިހާރަށް އިސްރާއީލުން އީރާނަށް ބޮޑު ހަމަލާއެއް ދީފާނެ ކަމަކަށް މިވަގުތު ލަފައެއް ނުކުރެވޭ،" އެމެރިކާގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ހަނގުރާމަ ހިނގަމުންދާތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، މިއީ ހަމަލާތައް ހުއްޓާލައި ކުރިއަށް ފިޔަވަޅެއް އަޅަންވީ ވަގުތު ކަމަށް ރައީސް ޓްރަމްޕް ސާބިތުކަމާއެކު ގަބޫލުކުރައްވައެވެ.

ހިއްސާ ކުރައްވާ!