މެދުއިރުމަތީގެ އިޤްތިޞާދީ ލޮޅުން: އީރާނުގެ ސާބިތުކަމާއި އެމެރިކާގެ ނުފޫޒުގެ ނާކާމިޔާބީ

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަޙައްދަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ލޮޅުމަކީ އެމެރިކާއާއި ޒަޔަނިސްޓް ރެޖީމްގެ އިސްނެގުމާލުމުގެ ސަބަބުން އުފެދިފައިވާ މިހާރުގެ ހަމަނުޖެހުމެވެ. ބައިނަލްއަޤްވާމީ މާލީ ފަންޑުގެ ހިސާބުތަކަށް ބަލާއިރު، ހުރުމުޒު ކަނޑު އޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކުން މުޅި ސަރަޙައްދުގެ އިޤްތިޞާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް، އީރާނުން ދަނީ މި ޕްރެޝަރުތަކަށް ސާބިތުކަމާއެކު ކުރިމަތިލައި، ސަރަޙައްދީ ބާރުވެރިކަން ދަމަހައްޓަމުންނެވެ.

މި ދިރާސާއިން އެނގޭ ގޮތުގައި، މިހާރުގެ ލޮޅުން މީގެ ކުރީގެ ހުރިހާ ބޮޑެތި ހަނގުރާމަތަކަށްވުރެ މާ ފުޅާވެފައި ބޮޑެވެ. މިފަހަރު ސީދާ އަސަރުކުރި 10 ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަން 4 ޓްރިލިއަން ޑޮލަރަށް އަރައެވެ. މިއީ މުޅި ސަރަޙައްދުގެ އިޤްތިޞާދުގެ 70 އިންސައްތައެވެ. އަދި ދުނިޔޭގެ އިޤްތިޞާދުގެ 3 އިންސައްތައެވެ. މިއީ މެލޭޝިޔާއާއި އިންޑޮނޭޝިޔާ އަދި ސިންގަޕޫރު ހިމެނޭ އާސިއާން ޖަމާޢަތުގެ ޖުމްލަ އިޤްތިޞާދާ އެއްވަރުގެ މިންވަރެކެވެ.

ތާރީޚީ އަޅާކިޔުމެއް: ކުރީގެ ހަމަނުޖެހުންތަކާއި މިހާރުގެ ޙާލަތު

ވޭތުވެދިޔަ އަހަރުތަކުގެ އިޤްތިޞާދީ ދުވެއްޔަށް ބަލާއިރު، މިހާރުގެ ޙާލަތާއި ކުރީގެ ޙާލަތްތަކުގެ ތަފާތު ވަރަށް ސާފުވެއެވެ.

  • 1980 ވަނަ އަހަރުގެ ހަނގުރާމަ: އީރާނާއި ޢިރާޤު ހަނގުރާމަ ފެށުނުއިރު، އީރާނުގެ އިޤްތިޞާދު 21.6 އިންސައްތަ ދަށަށް ދިޔައެވެ. ނަމަވެސް އެއީ އީރާނުގެ އިސްލާމީ އިންޤިލާބަށްފަހު ޤައުމު އަލުން ބިނާކުރަމުންދިޔަ ދަނޑިވަޅެކެވެ.
  • 1990 އަދި 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމަ: ޢިރާޤުން ކުވައިތަށް އެރުމާ ގުޅިގެން ކުވައިތުގެ އިޤްތިޞާދު 1990 ގައި 26.2 އިންސައްތަ އަދި 1991 ގައި 41 އިންސައްތަ ދަށަށް ދިޔައެވެ. އެހެންނަމަވެސް، ތެލުގެ އަގު މަތިންވުމުގެ ސަބަބުން ސަރަޙައްދުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދު 7 އިންސައްތަ ކުރިއެރިއެވެ.
  • 2003 ވަނަ އަހަރުގެ އިސްތިޢުމާރު: އެމެރިކާއާއި އިނގިރޭސިވިލާތުން ޢިރާޤަށް އެރުމުގެ ސަބަބުން ޢިރާޤުގެ އިޤްތިޞާދު 36.6 އިންސައްތަ އިނދަޖެހުނެވެ. މިއީ އެމެރިކާގެ ނޭދެވޭ ސިޔާސަތުތަކުގެ ސަބަބުން ސަރަޙައްދަށް ލިބުނު ބޮޑު ގެއްލުމެކެވެ.
  • 2011 ވަނަ އަހަރުގެ ހަމަނުޖެހުންތައް: ޢަރަބި ބާޒާރުތަކަށް އައި ލޮޅުންތަކާއެކު ލީބިޔާގެ އިޤްތިޞާދު 50 އިންސައްތަ ދަށަށް ދިޔައެވެ. ނަމަވެސް ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގެ ވަރުގަދަކަމުން ސަރަޙައްދީ ކުރިއެރުން 4 އިންސައްތައިގައި ހިފެހެއްޓުނެވެ.
  • 2024 ވަނަ އަހަރުގެ އުދުވާން: ޒަޔަނިސްޓް ރެޖީމްގެ އިސްނެގުމާލުމާއި ހަރުކަށިކަމާ ގުޅިގެން ސަރަޙައްދުގެ ކުރިއެރުން 1.8 އިންސައްތައަށް ދަށަށް ދިޔައެވެ. އަދި ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫދާނުގެ އިޤްތިޞާދު 23 އިންސައްތަ ދަށަށް ދިޔައެވެ.

ހަކަތައިގެ ބާޒާރާއި ސަޢޫދީ އިޤްތިޞާދުގެ ވަރުގަދަކަން

ބްލޫމްބާގްގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ނުފޫޒުގެ ސަބަބުން އޮޕެކް ޖަމާޢަތުގެ ތެޔޮ އުފެއްދުން ވަނީ 1985 ވަނަ އަހަރަށްފަހު އެންމެ ދަށްވި މިންވަރަށް މޭ މަހު ދަށަށް ގޮސްފައެވެ. މި ހުރިހާ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އީރާނުން ދަނީ އެ ޤައުމުގެ ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ހަމަޖެހުން ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިޤްތިޞާދު ވަނީ މިފަދަ ކޮންމެ ކްރައިސިސްއެއްގައި ސާބިތުކަން ދައްކާފައެވެ. މިހާރުގެ ހަމަނުޖެހުމުގައިވެސް، އެ ޤައުމުގެ އަރާމްކޯ ކުންފުނިން ވަނީ ތެޔޮ ބޭރުކުރުމުގެ މަގުތައް ރެޑްސީގެ ޔަންބުއު ބަނދަރަށް ބަދަލުކޮށް، ހުރުމުޒު ކަނޑު އޮޅިއަށް އެމެރިކާއިން އަރުވާ ބުރޫތަކުން ސަލާމަތްވެފައެވެ.

އެކި ބޮޑެތި ލޮޅުންތަކުގައި ސަޢޫދީ އިޤްތިޞާދުގެ ކުރިއެރުން

އަހަރު ކުރިމަތިވި ހަމަނުޖެހުން ސަޢޫދީ އިޤްތިޞާދުގެ ކުރިއެރުން
1980 އީރާނުގެ އިންޤިލާބާއި ހަނގުރާމަ 5.8 އިންސައްތަ
1990 ޢިރާޤުން ކުވައިތަށް އެރުން 9.4 އިންސައްތަ
1991 ކުވައިތު މިނިވަންކުރުމުގެ ހަނގުރާމަ 8.2 އިންސައްތަ
2003 އެމެރިކާއިން ޢިރާޤަށް އެރުން 8.8 އިންސައްތަ
2011 ޢަރަބި ރަބީޢުގެ އިންޤިލާބުތައް 11 އިންސައްތަ
2024 ޒަޔަނިސްޓް ރެޖީމްގެ ހަނގުރާމައާއި ތޫފާނުލް އަޤްޞާ 2.6 އިންސައްތަ
2026 އެމެރިކާގެ ނުފޫޒާއެކު އުފެދުނު އީރާން ހަނގުރާމަ 3.1 އިންސައްތަ

އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި، ސަރަޙައްދުގެ ފުރިހަމަ ކުރިއެރުން އަލުން ހޯދޭނީ ހުރުމުޒު ކަނޑު އޮޅި ފުރިހަމައަށް ހުޅުވި، އެމެރިކާގެ ސިފައިން މި ސަރަޙައްދުން ފޭބުމުންނެވެ. އީރާނުގެ ސިފައިންނާއި ޚާރިޖީ ސިޔާސަތުން ދަނީ ސަރަޙައްދީ ވިޔަފާރިއާއި އަމާންކަން ދެމެހެއްޓުމަށް ބާރުއަޅަމުންނެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި، އެމެރިކާގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މި އަހަރު އީރާނުގެ އިޤްތިޞާދު 6 އިންސައްތަ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، އީރާނުގެ ދާޚިލީ އުފެއްދުންތެރިކަމާއި ސަރަޙައްދީ ބާރުވެރިކަމުގެ ސަބަބުން އެ ޤައުމަށް މި ނޭދެވޭ އަސަރުތަކުން އަވަހަށް އަރައިގަނެވޭނެއެވެ.

ހިއްސާ ކުރައްވާ!