ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ ފެންވަރު ދެރަ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުމުން އެކަން މަތި ޖެހުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ކުށްނެތް އާންމު ރައްޔިތުން ބޯފެނުން މަޙްރޫމްކުރުމަށްޓަކައި އެޤައުމުގެ ފެން ރައްކާކުރާ މަރުކަޒުތަކަށް ބޮން އަޅާ ފައެވެ.
އެމެރިކާގެ ސިފައިން މުވާޞަލާތީ އަދި ރާޑަރު ނިޒާމުތަކަށް އެކަނި ހަމަލާދިން ކަމަށް ބުނެ ހަގީގަތް އޮޅުވާލަން އުޅުނު ނަމަވެސް، ޓްރަމްޕްގެ އަމުރަށް ދިން މި ހަމަލާތަކުގައި އީރާނުގެ ދެކުނުގައިވާ ސީރީކް ސަރަޙައްދުގެ އާންމު ރައްޔިތުން ބޭނުންކުރާ ފެން ރައްކާކުރާ މާސިންގާ ބޮޑު ދެ ފެންތާނގީ ވަނީ މުޅިން ހަލާކުކޮށްލާފައެވެ.
އީރާނުގެ އިންޤިލާބީ ސިފައިންނާއި ޚަބަރު ފަތުރާ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ޓްރަމްޕްގެ މި އަނިޔާވެރި ޢަމަލުގެ ސަބަބުން ސީރީކްގެ ބާމާނީ އަވަށުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ކޮންކްރީޓް ދެ ތާނގީ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އީރާނަށް މިދުވަސްވަރު ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، އާންމު ބިނާވެށީގެ ތެރެއިން ފެނުގެ ނިޒާމަށް ޓްރަމްޕް ހަމަލާދިނީ، އީރާނުގެ ރައްޔިތުން ބިރުގަންނަވައި، އަސާސީ ޚިދުމަތްތަކުން މަޙްރޫމްކޮށް، ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމުގެ ނުބައި މަޤްޞަދުގައެވެ.
ހަމަލާގެ ފަހަތުގައިވާ ސިޔާސީ ނާކާމިޔާބީ
މިދިޔަ އޭޕްރީލް 8 ވަނަ ދުވަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޤާއިމުކުރި ބަދަލުހިފުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަށްފަހު، އެމެރިކާއާއި ޒަޔަނިސްޓު ރެޖީމުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުމަކީ މިއެވެ.
އެމެރިކާގެ ހެލިކޮޕްޓަރު ވެއްޓުނު ޙަޤީޤީ ސަބަބު ހޯދުމުގެ ރަސްމީ ތަހުގީގު އަދި ނުނިމެނީސް، ޓްރަމްޕް ވަނީ ވަގުތުން އީރާނުގެ ބޮލުގައި އެކަން އަޅުވައި، ދިފާޢީ ހަމަލާތަކެއްގެ ނަމުގައި އީރާނުގެ ޖާސްކް، މިނާބް، ޤަޝްމް އަދި ބަންދަރު ޢައްބާސްގެ ބަނދަރަށް އަމާޒުކޮށް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ.
ޓްރަމްޕްގެ މި ހަރުކަށި އަމަލަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ އަޒުމު ވަރުގަދަ ސިފައިން ވަނީ ފާރިސީ ކަނޑުއޮޅީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޖޯޑަންގެ ރަސްގެފާނު ކައިވެންޏަށް 30 އަހަރު ފުރުން ފާހަގަ ކުރައްވަމުން ގެންދަވަނިކޮށް ހަވާ އެރުމެއް ފަދަ ގޮތަކަށް ޖޯޑަންގެ އެމެރިކާގެ މަރުކަޒުތަކަށް މިސައިލް ހަމަލަ ދީފައެވެ.




