ދުނިޔޭގެ ދިރުންތަކުގެ ނަސްލުތައް ފަނާވަމުންދާ ދަނޑިވަޅެއްގައި، ސައިންސްވެރިން ދަނީ އައު ބާވަތްތަކުގެ ދިރުންތައް ވަރަށް ހަލުވިކަމާއެކު ހޯދަމުންނެވެ. އެންގޯލާގެ އިރުމަތީ ސަރަޙައްދަށް ދަތުރުކުރި ސައިންސްވެރިންގެ ވަފުދަކުން ބުދަ ދުވަހު އިޢުލާންކުރި ގޮތުގައި، އެފްރިކާގެ ބަޔޮޑައިވާސިޓީގެ އެންމެ ފަހުގެ ސިއްރުތައް އެކުލެވޭ ސަރަޙައްދުން، ކުރިން ފެނިފައިނުވާ އެތައް ދިރުންތަކެއް ވަނީ ފެނިފައެވެ.
އެންގޯލާގެ އުސް ބިމުގައިވާ "ލިސީމާ" ފަރުބަދަމަތީ ސަރަޙައްދަކީ ކޮންގޯ، އޮކަވްއަންގޯ، ޒެމްބޭޒީ އަދި ކުއަންޒާ ކޯރުތަކުގެ ފެށުން ކަމަށްވާތީ، މިއީ ގުދުރަތީ ގޮތުން ނުހަނު މުހިންމު ސަރަޙައްދެކެވެ. ނަމަވެސް އެ ސަރަޙައްދުގެ ނާމާންކަމާއި، 2002 ވަނަ އަހަރު ނިމުނު 27 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން މި ހިސާބުތައް އޮތީ ސައިންސްވެރިންނަށް ނޭނގި ފޮރުވިފައެވެ.

އަޖައިބުކުރުވަނިވި އައު ހޯދުންތައް
"ދަ ވިލްޑަރނަސް ޕްރޮޖެކްޓް" ޖަމްޢިއްޔާއިން ފެބްރުއަރީ މަހު ހިންގި "ކަސާއީ ލައިފް އެޓްލަސް" ދިރާސާގައި ދުނިޔޭގެ އެކި ކޮޅުތަކުން 16 މާހިރުން ބައިވެރިވިއެވެ. މި ދަތުރުގައި ފެނުނު އެންމެ އަޖައިބުކުރުވަނިވި އެއް ދިރުމަކީ، އަލްޓްރާވައިލެޓް ދޯދިތަކުގެ ދަށުގައި ނޫކުލައިން ދިއްލޭ ފައިދިގު މަކުނެވެ. މިއީ ސައިންސްވެރިންނަށް ވެސް އަދި އޭގެ ސަބަބު ހޯދިފައިނުވާ ކަމެކެވެ.

މީގެ އިތުރުން ފެނުނު ބައެއް ތަކެތީގެ ތެރޭގައި:
- ވިހަ ފަނިފަކުސައެއްގެ ސިފަ ޖަހާ ފައިދިގުމަކުނެއް (ޝިކާރަވެރިންގެ ކިބައިން ސަލާމަތްވުމަށް ސިފަ ބަދަލު ކުރާ އެއްޗެއް).
- ސައިންސަށް އަދި ކިޔައިދީފައިނުވާ 8 ބާވަތެއްގެ ދޮންދޫނި (ޑްރެގަންފްލައި).
- އައު 8 ބާވަތެއްގެ ކޮކާ އަދި 3 ބާވަތެއްގެ ގޮއްފުޅަގިިއާއި ކުރަފި.
- ދިގު ދަތްތަކެއްލީ ނުރައްކާތެރި ހަރުފައެއްގެ ބާވަތެއް ކަމަށްވާ "ގަބޫން ވައިޕަރ".
"ލިސީމާ" ގެ އުސް ބިމުގެ 5.4 މިލިއަން ހެކްޓަރުގެ ސަރަޙައްދެއް 2025 ވަނަ އަހަރު ޙިމާޔަތްކުރެވިފައިވީ ނަމަވެސް، މައިނިންގް އަދި ދަނޑުވެރިކަމުގެ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން މި ތަންތަނަށް އަދިވެސް ނުރައްކާ އެބައޮތެވެ. ސައިންސްވެރިންގެ އުންމީދަކީ މި ހޯދުންތަކުގެ އެހީގައި މިފަދަ ގުދުރަތީ މާޙައުލުތައް ހަލާކުވިޔަނުދީ، އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ.







